ޚަބަރު ސިޔާސީ

ކޮމަން ކެންޑިޑޭޓަކަށް ތާއީދު ކުރަން ޝުޖާވެސް ނިންމަވައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެކަމަށް އިޢުލާން ކޮށްފައިވާ ޝުޖާއު ޙުސެއިން ވެސް ކޮމަން ކެންޑިޑޭޓަކަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.

Ads by STELCO

މިކަން އިޢުލާނު ކުރައްވައި އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމީ މަސްލަހަތު އިސްކުރައްވާ ޖުމްހޫރީ ޕާޓީއާއި ރައީސް ނަޝީދާއި ނޭޝަނަލް ޕާޓީއާއި އެއްކޮށް އެއް ކެންޑިޑޭޓަކަށް ތާއީދު ކުރަން ނިންމައި އެގޮތުގައި ކުރިއަށް ދާން ހުރި ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަނުކުރަން އޭނާ މި ނިންމެވީ އަމިއްލަ ގޮތުން އިންތިހާބުގެގައި ވާދަ ކުރުމަށް ބޭނުންވާ 1500 މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް ފަށައިފައިވާކަން އިއުލާން ކުރިތާ ދެ ދުވަސް ފަހުންނެވެ.

ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ރިޔާސީ އިންތިހާބު ބާއްވަން ހަމަޖެހިފައިވާ އިރު މިހާރު އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ފުރުސަތު ހުޅުވާލައިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވި ގޮތުގައި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން އެކަމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅާނީ ދަރުބާރުގޭގައި ހުންނަ އިންތިޚާބާ ބެހޭ މަރުކަޒަށްކަމަށާއި، މި ތަކެތި ބަލައިގަންނާނީ ޖުލައި 23 ވާ އާދީއްތަ ދުވަހުން ފެށިގެން އޮގަސްޓު ހަތެއް ވާ ހޯމަ ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރުފަހު 2:00 އަށެވެ. އަދި ހުކުރު ދުވަހުގައި ފޯމު ބަލައިގަންނާނީ މެންދުރުފަހު 2:00 ން ހަވީރު 4:00 އަށް ކަމަށެވެ.

  1. މިކަލޯ ވަރައް ތާއީދު ބޮޑު ގޮލައެއް

  2. ޙަސަނު

    ހީވޭ ކަމެއް. 1500 މީހުންގެ ސޮއިވެސް ނުލިބުނު. ދެން ކީއްކުރަން ވެރިކަން ކުރާނަމޭ ކިޔައިގެން ނުކުންނަނީ