ޚަބަރު ސިޔާސީ

ރަނިންމޭޓް ކަނޑައެޅުމުގެ އިހްތިޔާރު ރައީސް ޔާމީންއަށް ދިނުމަށް ފާސްކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ޕީޕީއެމްގެ ޖަލްސާއެއްގައި ރައީސް ޔާމީން އަދި އިދިކޮޅު ލީޑާޝިޕްގެ އިސް ބޭފުޅެއްކަމަށްވާ ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ). ފޮޓޯ:ޕީޕީއެމް

އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ކަނޑައެޅުމުގެ އިހްތިޔާރު އެމަނިކުފާނަށް ދިނުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން ފާސްކޮށްފިއެވެ.

Ads by Hajj Corporation

ޕީޕީއެމް/ޕީއެންސީން ލީޑަރޝިޕުން މިރޭ ބުނިގޮތުގައި ރަނިންމޭޓަކު ކަނޑައެޅުމަކީ ޕާޓީގެ އަސާސީ ޤަވާއިދުން ރިޔާސީ ކެންޑިޑޭޓަށް ލިބިދޭ އިޚުތިޔާރެއް ކަމަށާއި އެހެން ނަމަވެސް ލީޑަރޝިޕްގެ ފަރާތުން ނަންތަކެއް ފޮނުވުމަށް ރައީސް ޔާމީން ވަނީ ލީޑަރޝިޕްގައި އެދިވަޑަގެންފައެވެ.

"އެހެންނަމަވެސް، ރަނިންމޭޓު ކަނޑައެޅުމަކީ ޕާޓިގެ އަސާސީ ޤަވާއިދުން ރިޔާސީ ކެންޑިޑޭޓަށް ލިބިދޭ އިޚުތިޔާރަކަށް ވާތީ، ލީޑަރޝިޕްގެ ފަރާތުން ވަކި ނަންތަކެއް ދިނުމުގެ ބަދަލުގައި ރިޔާސީ ކެންޑިޑޭޓް ބޭފުޅަކު ޚިޔާރު ކުރެއްވުމަށް ދަންނަވަން ލީޑަރޝިޕްގެ އިއްތިފާޤުން މިރޭ ނިންމާފައިވާތީ، އެވާހަކަ ދެންނެވީމެވެ." ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން ބުނެފައިވެއެވެ.

އެހެންނަމަވެސް  ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓަކަށް އަދި ވަކި ބޭފުޅަކު ކަނޑައެޅިފައި ނުވާކަމަށް އެކޯލިޝަނުން ވަނީ ބުނެފައެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ޔާމީންގެ ފަރާތްޕުޅުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ލިޔުންތަކުގައި އެމަނިކުފާނު ސޮއިކުރައްވާ ކަރެކްޝަންސް މެދުވެރިކޮށް އެ ލިޔުންތައް އަނބުރާ ޕާޓީ އޮފީހަށް ލިބިފައިވާ ކަމަށެވެ.

  1. ދިވެހި ޒުވާނުން

    ތިމޮޔަހެދެ ނީ

  2. އިބްރާހީމް މުހަންމަދު ސޯލިޙް

    ޕީ،ޕީ،އެމް އަކީ ވަކިމީހެއްގެ ޕްރަވެޓް ކޮމްޕެނީއެއް. އާންމު މެންބަރުންގެ އެއްވެސް ހިއްސާއެއް އޮންނަ ޕާޓީ އެއްނޫން. ހުރިހާގޮތެއް ނިންމާނީ ޔާމިނު ބޭނުންވާގޮތައް. ތިޕާޓީ އައް ކިޔަންވީ ކޭ،ޕީ،އެމް.. “ކިންގްޑަމް ޕްރައިވެޓް މޯލްޑިވްސް”