ޚަބަރު ސިޔާސީ

އެކީގައި މަސައްކަތް ކުރަން ޖޭޕީ އާއި އެމްއާރްއެމް އެއް މޭޒަކަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދަން މިއަދު މަޝްވަރާތައް ފަށައިފިއެވެ.

Ads by MWSC

ޖޭޕީގެ މައި ޖަގަހަ، ކުނޫޒްގައި މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި އެމްއާރްއެމްގެ ރައީސް އަޚުމަދު ފާރިސް މައުމޫން ވިދާޅުވީ އެމްއާރްއެމުން މަސައްކަތް ކުރަމުން ދަނީ މިހާރު މިހިނގާ ސަރުކާރާއެކު ވެފައިވާ ކޯލިޝަން އެއްބަސްވުމާއި އެއްގޮތަށް ކަމަށެވެ. އަދި މި ދައުރު ނިމެންދެން އެ ޕާޓީގެ ފަރާތުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމުންދާނެ ކަމަށް ފާރިސް ވިދާޅުވިއެވެ.

ފާރިޝް ވިދާޅުވީ މި ގައުމުގެ ރައްޔިތުންނަށް މިއަށްވުރެ ރަނގަޅަށް ވެރިކަން ހިންގޭނެ ފޯމިއުލާއެއް ހޯދުމަކީ މިހާރު ސިޔާސީ ގޮތުން ކުރަން ޖެހޭ މަސައްކަތެއް ކަމަށެވެ. އަދި މިހާރު ތިއްބެވި ބޭފުޅުންނާ އެކު ނަމަވެސް އެކަން ކުރަން ޖެހިފައިވާ ކަމަށް ފާރިޝް ވިދާލުވިއެވެ.

" ކޮންމެހެން މި ސަރުކާރާ ދެކޮޅަށް, ނޫނީ ކްރިޓިސައިޒް ކުރަން ކުރާ މަސައްކަތެއް ނޫން މީކީ. މިއަށްވުރެ ރަނގަޅަށް ކުރެވޭތޯ މިއުޅެނީ. މިއަށްވުރެ ރަނގަޅު ސޮލިޝަނެއް ހޯދެވޭތޯ މިއުޅެވީ" ފާރިޝް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ހަމައިން ސަރުކާރުން ޖޭޕީއާއެކު އޮތް ކޯލިޝަން ރޫޅާލާފައިވާ ކަމަށެވެ. އަދި ބޭނުންވާ ނަތީޖާ ނެރެވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށާއި އެގޮތުގައި ޖޭޕީން މަސައްކަތް ކުރައްވާނެ ކަމަށް އަމީން ވިދާޅުވިއެވެ.

Ads by Ooredoo
  1. އެއްމޭޒުވިޔަސް ދެމޭޒު ވިޔަސް މަވެސް ރައީސުކަން ތަވެސް ރައީސުކަން ބޭނުމީ !