ޚަބަރު ސަރުކާރު

މިނިވަންކަމަކީ ހަމައެކަނި އަސްކަރީ ބާރާއި ގުޅިފައިވާކަމެއްނޫން: މާރިޔާ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިނިވަންކަމަކީ ހަމައެކަނި އަސްކަރީ ބާރާއި ގުޅިފައިވާކަމެއްނޫން ކަމަށާއި އެއީ އެއީ މުޅި ދިވެހި މުޖުތަމައާއި ދިވެހި ކޮންމެ ރައްޔިތަކާ ގުޅިފައިވާ ކަމެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިވަން ދުވަހުގެ މުނާޞަބަތުގައި ދެއްވި ހިޠާބުގައި މާރިޔާ ވިދާޅުވީ ސަރުކާރުން އަބަދުވެސް އެންމެ އިސްކަންދެއްވާ ކަންކަމުގެ ތެރޭގައި ރާއްޖޭގެ ޤައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަން ހިމެނޭ ކަމަށެވެ. އެގޮތުން ދިވެހި އަސްކަރިއްޔާއަށް ބޭނުންވާ އާލާތްތައް ހޯދާ، ޒަމާނީ ކުރުމާއި، ޤައުމަށް ދިމާވެދާނެ ކޮންމެ ނުރައްކަލަކަށް ތައްޔާރު ވުމަށް ބޭނުންވާ ވަސީލަތްތަކާއި، ތަމްރީނު ހޯދައިދިނުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ މިނިވަންކަމާއި ޤައުމުގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ތަފާތު ޚިޔާލުތަކަށް ޖާގަދީ، އެކަކު އަނެކަކަށް އިޙްތިރާމްކޮށް، ގުޅިގެން މަސައްކަތް ކުރުމަކީ ވަރަށް މުހިއްމުކަމެއް ކަމަށެވެ. އަދި އެންމެ ޙައްސާސް ވަގުތުތަކުގައިވެސް، ޤައުމާއި ރައްޔިތުންނަށް ކުރިމަތިވާ ކޮންމެ ދަތި ޙާލަތަކާވެސް ފަސްޖެހުމެއްނެތި ކުރިމަތިލާ، މަސްއޫލިއްޔަތާއި ވާޖިބަށް އިސްކަންދީގެން ސިފައިން ކުރާ ހިތްވަރުގަދަ މަސައްކަތަކީ، މި ދިވެހި ފަސްގަނޑާއި ދިވެހި ރައްޔިތުންގެ މައްޗަށް އެމީހުންގެ ހިތުގައިވާ ކުލުނާއި ލޯބި ހާމަކޮށްދޭ ކަމެއްކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ ސިފައިންނަށް ތައުރީފް ކުރައްވާފައެވެ.

 

  1. އަހުމަދު

    މިނިވަންކަން އެންމެ ބޮޑަށް ގުޅިފައި އޮންނާނީ ހެދޭ ވަގު އެގްރީމެންޓުތަކާއި