އާބަންކޯއިން ހުޅުމާލެ ފޭސް ދޭއް ގައި ތަރައްޤީކުރި ހިޔާ ޕާކު މިއަދު ހުޅުވައިފި

އާބަންކޯއިން ހުޅުމާލެ ފޭސް 2 ގައި ތަރައްޤީކުރި ހިޔާ ޕާކު މިއަދު ހުޅުވައިފިއެވެ.
ހިޔާ ޕާކު ތަރައްޤީކުރުމަށް 2022 ސެޕްޓެންބަރުގައި އާބަންކޯއިން ވަނީ ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފައެވެ.
މިނިވަން ދުވަހާ ގުޅުވައިގެން ހިޔާ ޕާކް ރަސްމީކޮށް މިއަދު ހުޅުވާފައިވާއިރު އެތަނުގައި މިއަދު ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެތަނަށް ހިޔާ ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވި އިރު އެތަނުގައި ލައިވް މިއުޒިކް ވެސް ކުޅެފައިވެއެވެ.

ހިޔާ ޕާކްުގައި މިއަދު ކުރިއަށްދިޔަ ކުޑަކުދިންގެ ހަރަކާތްތަކުގެ ތެރެއިން / ފޮޓޯ: އާބަންކޯ
އާންމުންގެ ހިޔާލާއެކު ތަރައްޤީކުރި މި ޕާކަކީ އާންމުންގެ ފުރިހަމަ ބައިވެރިވުމާއެކު ނިންމާފައިވާ ތަނެކެވެ. އެގޮތުން، އެތަނުގައި ކުލަލީ ވެސް ވަނީ އާންމުންނާއި ކުޑަކުދިން ބައިވެރިކޮށްގެންކަމަށްވާއިރު މިއަދުގެ ހަރަކާތުގައިވެސް ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެ ޕާކުގެ އެކި ތަންތަނުގައި ކުލައި ލައި އެކުދިންގެ ހުނަރު ދައްކާލާފައިވެއެވެ.
ހުޅުމާލޭ ފޭސް 2 ގައި މީހުން ދިރިއުޅެން ފެށި އިރު އެތަނަކީ މާބޮޑު ހިޔާވަހިކަމެއްނެތްތަނުގައި އެތަނުގައި އާބާދުވި އެތައް އާއިލާއެއްގައި ހިމެނޭ ކުޑަކުދިންނަށް ހިތްހަމަޖައްސާލާނެ ޕާކެއްފަދަ ތަނެއްވެސް ހެދިފައި ހުރި ތަނެއް ނޫނެވެ. އާބަންކޯގެ މި މަސައްކަތަކީ އެކަމަށް ހައްލެއް ހޯދައިދީ ހުޅުމާލެގައި ދިރިއުޅޭ މީހުންނަށާއި އެކި ބޭނުންތަކަށް އެތަނަށް ޒިޔާރާތްކުރާ މީހުންނަށް ހިތްފަސޭހަ ތަނަކަށް އެތަން ހެދުމުގެ ގޮތުން ކޮށްފައިވާ މަސައްކަތެކެވެ.
ފަސް އަހަރު ވެގެން މިދިޔައީ މިސްކިތެއް ނޭޅި ! މިސްކިތަށް ވުރެން މުހިންމުވަނީ ކުޅޭތަންތަން !