ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓު އިލްްޔާސް ލަބީބުގެ ރަނިން މޭޓަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހަމަޖައްސަން ނިންމައިފި އެވެ.
މިއީ 2008 ގެ ރިޔާސީ އިންތިހާޞުގެ ފަހުން ރާއްޖޭގެ ތާރީހުގައި އަންހެނަކު ރަނިން މޭޓަކަށް ހަމަޖައްސާ ފުރަތަމަ ފަހަރެވެ. އިލްޔާސް އިންތިހާބު ކާމިޔާބު ކުރައްވައިފިނަމަ ރާއްޖޭގެ ނައިބު ރައީސްކަން ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ކުރައްވާނެ އެވެ.
އުމުރުން 45 އަހަރުގެ އީވާއަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ތަޖުރިބާ ހުންނެވި އެއް އަންހެން ބޭފުޅާ އެވެ. އެމްޑީޕީ އުފެއްދުމުން ފެށިގެން އެޕާޓީގައި ސިޔާސީ ހަޔާތް ހޭދަކުރައްވާފައިވާ އީވާ ޑިމޮކްރެޓްސްއާއި ގުޅުނީ އެޕާޓީ އުފައްދަން 3،000 ސޮއި ހުށަހެޅި އިރު އެވެ.
މިވަގުތު ރައްޔިތުންގ މަޖިލީހުގެ ނައިބު ރައީސްކަންވެސް ކުރައްވާ އީވާއަކީ ރައީސް މުހައްމަދު ނަޝީދުގެ ދެބެންގެ ދެދަރި ކޮއްކޮ އެވެ. އީވާ ސިޔާސީ މަސައްކަތް ފެއްޓެވީ ދެހާހުގެ ކުރީކޮޅު އިސްލާހީ މަސައްކަތުގެ ތެރެއިންނެވެ.
އީވާ ކިޔަވާ ވިދާޅުވީ އިނގިރޭސިވިލާތުންނެވެ. ފުރަތަމަ ޑިގްރީ ނެންގެވީ ކެންޓް ޔުނިވާސިޓީން، ޕޮލިޓިކްސް އެންޑް ގަވަމަންޓުންނެވެ. މާސްޓާސްގެ ހެއްދެވީ ވޯވިކް ޔުނިވާސިޠީން ޕޮލިޓިކްސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިންނެވެ.
ރިޔާސީ އިންތިހާބުގައި އިލްޔާސްގެ އިތުރުން އެމްޑީޕީގެ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި، ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓު ގާސިމް އިބްރާހީމްގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ ކެނޑިޑޭޓު މުހައްމަދު ނާޒިމް ވާދަކުރައްވާނެ އެވެ. މީގެ އިތުރުން އިދިކޮޅު ކޯލިޝަނުން ރައީސް އަބްދުﷲ ޔާމީން ވާދަކުރައްވާނެކަމަށް އެކޯލިޝަނުން ބުނެ އެވެ. އެހެންނަމަވެސް ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވުމުން އެމަނިކުފާނުގެ ކެނޑިޑެންސީ ކަށަވަރެއް ނުވެ އެވެ.
2008 ވަނަ އަހަރުގެ އިންތިހާބުގައި ވެސް އަންހެން ރަނިންމޭޓެއް ހުންނެވި. އެއަހަރު އިބްރާގެ ރަނިންމޭޓްއަކީ ފާތިމަތް ނާހިދް ޝާކިރު
ދެން މިޤައުމުގައި ނުވެ ބާކީ އޮތްހާވެސް ކަމަކީ ތިކަން، 2008 ގެ ރިޔާސީ އިންތިހާބަށް ފަހުގައި މި ޤައުމުވަނީ ބަޔެއްގެ އަޅުވެތި ކަމުގެ ދަށުގައި ތާށިވެފައި ޤައުމު މިވަނީ ހުންގާނި ނެތި މާލިމީއަކު ނެތި އޮޔާއި ވަޔާއި ދެކޮޅަށް އެބުރޭ މަޑިސީލާކަށް ވެފައި، ކޮންމެ ދިމާލަކުންވެސް ފެންނަނީ ނާޤާބިލްކަން !
الله މިބައިގަނޑަށް ނާކާމިއާބީ މިންވަރު ކުރައްވާށިއެވެ.
ބޮޑު ތަނުން ފެއިލް ވާނެ. އީވާ އަކީ ކަމުދާ މީހެއް ނޫން.
ރިޔާސ ކެންޑިޑޭޓ އަންހެނ ނެތީތޯ
މާތް ﷲ ގެ އޯގާތެރި ރަޙްމަތުން މިމީހުން ނިމުންހިތި ވެގެންވާ އިބްރަތް ތެރިނިމުމަކުން ނިމިގެންދާނެ ގޮތް އިނބަ ރަސްކަލާނގެ އިރާދަކުރައްވާ
ނިންމަވާ ފާންދޭވެ…..އާމީން ( އަންހެނަކު އަތުވެއްޖެނަމަ ޤަޢުމުފުޑޭނެ )
މަރުހަބާ އީވާ އަބުދުލާހި