އަޅުގަނޑުގެ ވެރިކަމެއްގައި މޫނު ބުރުގާ އަޅާ މީހުންގެ މައްސަލައަށް ހަލެއް ހޯދައި ދޭނަން, އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ކަމެއްވެސް ކުރެވޭނެ: ނާޒިމް

މި އަހަރުގެ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ވާދަކުރައްވާ މުޙައްމަދު ނާޒިމްގެ ވެރިކަމެއްގައި، މޫނު ބުރުގާ އަޅާ މީހުންގެ މައްސަލައަށް ހަލެއް ހޯދައި ދޭނެ ކަމަށާއި އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ކަމެއްވެސް ކުރެވޭނެ ކަމަށް ނާޒިމް ވިދާޅުވެއްޖެއެވެ.
އެމްއެންޕީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ މޫނު ބުރުގާ އަޅާ އަންހެން ކަނބަލުންނާއި ކިޔަވާ ކުދިންނަށް އެގޮތަށް ތިބެގެން އެކަން ކުރެވޭނެ މާހައުލެއް ގާއިމު ކުރާނެ ކަމަށެވެ.
އަދިި ސްކޫލް މަދަރުސާތަކުގައި ހެދޭ ކްލާސް ރޫމަކީ އެކަމަށް ޚާއްސަ ކުރެވޭ ކްލާސް ރޫމް ތަކަކަށް ހަދާނެ ކަމަށާއި މާހައުލަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް ނާޒިމް ވިދާލުވިއެވެ.
"އެ ކްލާސް ރޫމް ތަކުގައި ކަނބަލުންނަށް އެންމެ ކަންބޮޑުވާ މައްސަލައަކަށް އޮންނަނީ އެމީހަކީ ކާކުކަން ނޭނގުން. އެކަން އެނގޭ ގޮތަށް އަޅުގަނޑުމެން ބަދަލު ކުރާނީ. އެތެރެއަށް ވަނީމަ އެ ކިޔަވާ ކުދިންނަށާއި މުދައްރިސަށް އޭނާ އެއީ ކާކުކަން އަންގައިދެވޭނެ. މާހައުލަށް ބަދަލެއް މި ގެންނަނީ" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ މިކަމަށް ބޮޑު ސިހުމެއް ލިބެނީ މޫނު ބުރުގާ އަޅާ އަންހެނުންނަކީ ޓެރަރިސްޓުންގެ ގޮތުގައި ސިފަ ކުރާތީ ކަމަށެވެ.
ވައްކަންވެސްދޯ
ފުރަތަމަރައްޔިތުންހޮވާފައިހުރިވެރިޔަކާރައްޔިތިންރޮއްވާލިމީހަކީކަލޭއެދުވަހުވީއެއްވެސްއެއް×ެއްހިތައްނާރާޖާހިލުމީހަކަށް