އެހެން ޕާޓީތަކާއި ކެނޑިޑޭޓުންނަށް ހަދަން އުޅުނު ގޮތް މިއަދު މިވަނީ ރައީސް ޔާމީނަށް ހަދާފަ: އިޔާޒު
ރާއްޖޭގެ ސިޔާސީ އެހެން ވެރިންނަަށް ހަދަން އުޅުނު ގޮތްތައް މިއަދު ރައީސް ޔާމީނަށް ކުރިމަތިވެފައިވާކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަން ލިބުނު ދުވަހު އެހެން ޕާޓީތަކާއި ވާދަވެރި ކެނޑިޑޭޓުންނަށް ހަދަން އުޅުނު ގޮތް މިއަދު ސީދާ ރައީސް ޔާމީނަށް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ވިސްނާ ފިކުރުކުރާ ބަޔަކަށް މިކަމުން ޢިބްރަތްތެރި ފިލާވަޅެއް ނެގޭނެ ކަމަށް އިޔާޒު ވިދާޅުވިއެވެ.
" އެދުވަހު އަދާލަތު ޕާޓީ އުވާލަން އެކިގޮތްގޮތުން ރައީސް ޔާމީން މަސައްކަތްކުރެއްވި ކަމަށް ޑރ.ޖަމީލް ހެކިބަސް ދެއްވި. ނަމަވެސް، މާތް ރަސްކަލާންގެ ރަޙްމަތާއި އެކު އެކަންތައް ކާމިޔާބެއް ނުވި. މާތް ރަސްކަލާންގެ ފަޟްލުވަންތަކަމާއި އެކު އަދާލަތު ޕާޓީ ދަނީ ދުވަހުން ދުވަހަކަށް ކުރިޔަށް" އިޔާޒު ވިދާޅުވިއެވެ.
އިޔާޒު މިފަދައިން ވިދާޅުވެފައިވާއިރު ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު މިއަދު އިލެކްޝަންސް ކޮމިޝަން(އީސީ)އަށް ވަނީ ހުށަހަޅައިފައެވެ.
މި ފޯމު އީސީއަށް ހުށަހެޅުއްވުމަށް އެ ޕާޓީ އާއި ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ސެނެޓު މެމްބަރުން އީސީއަށް ވަޑައިގެންނެވިއެވެ.
އިޔާޒުމައިތިރި!ހާސްނުވޭ ކަލޭގެމަޤާމު ނުގެއްލޭނެޔަޤީން.އިޔާޒަކީ ގުނައިގެން 1ވަނަ…ސަލާމް
މިހާރު ވަރަށް ސާފު މި ޣައްދާރު ސަރުކާރާ އަދާލަތާ ގުޅިގެން ރޔާމީނަށް ދޭ އަނިޔާތަކެއްކަން އަބަދާއަބަދު އިޔާޒު ރޔާމީނާ އެއްސިގަނެގެން މި ފޮށޭ ފޮށުމަކީ ދީނީ ގޮތުން އިޔާޒުއަށް ލިބިފާވާ ތައުލީމާ ތަރުބިއްޔަތު ތޯ؟
ޝޭޚް އިޔާޒު އަށް އިޙްތިރާމް ކުރަން. އެކަމަކު ދަންނަވަންތޯ އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވި ނޯންތޯ އަފްރާޝީމް އަވަހާރަކޮށްލި ގާތިލުންގެ ހެކިތައް އޭނަ އަތުގަ ހުރިކަމަށް. އެހިނދު މާތް لله ރަޙްމަތުން އޭނާއަށް ހޯމް މިނިސްޓަރ ކަން ދެއްވުމުން އޭނާ މަޖިލީސްގަ ދޮގުހެދި . އެފަދަ އިލްމުވެރިން ތި އަދާލަތުގަ ތިބީ ގައުމަށް ގައްދާރު ވަގުންގެ ފައިސާ ގެ އަޅު ޝޭޚުން .
ދޮގުހަދާކަން ކަށަވަރީ ﷲ ބާވައިލެއްވި އަަޔަތްތަކަށް އީމާމްނުވާ މީހުންނެވެ.
ކާކު ކަލޭތީ
ތިބުނީ ޔާމީންގެވެރިކަމުގާ.އަދާލަތުން އިމުރާނުފޮނުވާގެން ޕޮލިހުންތަކުގެދުވަސް ދުއްވާލަށްއުޅުނުވާހަކަތަ ޕޮލިހުންތަކަން އެއުރާރާނުއިސްވެހުރެހާދައަނިޔާއެކޭކޮންލީ ހިތަށްއަރާއިންސާނިޔަތުކަންވެސްނެތްބައެއްބާއެ އެއިމުރާނުއުޅުނުގޮތުން ވަކަރުގެމީހަކާއެއްވެސްތަފާތެއްނެއް އަތްއުކައުކާފަ އެއީދިވެއްސެކޭ ުނާތީ ެވެސް ހާދަލަދެއްގަތޭ
ެޑރ ޢިޔާޒަށް އާދޭސް ކޮއްފަ ދަންނަވަން ހަމަ ހިމޭނުން އަނގަ މަޑުން ލައިގެން ﷲ އަށްޓަކާ ހެޔޮބަސް އިއްވާ މީހެއްގެ ގޮތުގަ ހުންނެވުމަށް އެދެން ޢިލްމުވެރިންނަކީ މާ ބޮޑަށް ސިޔާސީ ވާހަކަ ދައްކާ ބައެއްނޫން ޢިލްމު އުނގެނި ޢިލްމު ފަރުރާ މީހަކަށް ލިބޭ ސަވާބާއި ދަރުމަ އަހަންނަށް ވުރެ ބޮޑަށް އިނގޭނީ ޢިޔާޒް އަށް އެހެންވީމަ ދޫރައްކާތެރި ކުރައްވާ އެހެންމީހުނަށް މަލާމާތާއި ފުރައްސާރަ ނުކުރައްވާ
އިސްލާމީ ކޮންމެ ޤައުމެއްގައި އަދިވެސް އައުސު ޕާޓީއާއި ހަޒުރަޖް ޕާޓީގެ ތަޅާފޮޅުމާއި ކޯޅުން އެބައޮވޭ، ނިކަން ކުރަނީ ޔަހޫދީން އަޑީގައި ތިބެގެން ފައިސާ ބަހައިގެން !