ޚަބަރު ސިޔާސީ

ޕީއެންސީގެ ފަރާތުން ކެނޑިޑޭޓަކު ހަމަޖެއްސުން ރައީސް ޔާމީނަށް

އާއިޝަތު ނަޖާ ، ދެން އޮންލައިން

އިދިކޮޅުގެ ބެކްއަޕް ކެނޑިޑޭޓެއްގެ ގޮތުގައި ޕީއެންސީގެ ފަރާތުން ކެނޑިޑޭޓެއް ނެގުމުގެ އިހުތިޔާރު ކުރީގެ ރައީސް ޔާމީނަށް ދިނުމަށް އިދިކޮޅުގެ ލީޑަރޝިޕުން މިއަދު ނިންމައިފިއެވެ.

Ads by Hajj Corporation

މިއަދު ހެނދުނު ބޭއްވި ޕީޕީއެމް/ޕީއެންސީ ލީޑަރޝިޕް ބައްދަލުވުމުގައި ބައިވެރިވި ލީޑަރުންގެ އިއްތިފާގުން ނިންމާފައިވަނީ ޕީއެންސީގެ ފަރާތުން ކެނޑިޑޭޓެއް ނެގުން ކުރީގެ ރައީސް ޔާމީނަށް ދޫކޮށްލުމަށެވެ. ރައީސް ޔާމީން އިއްޔެ ވަނީ ޕީއެންސީގެ ސެނެޓުން ކެނޑިޑޭޓަކު ހަމަޖެއްސުމަށް އިރުޝާދު ދެއްވާފައެވެ.

ނަމަވެސް އިދިކޮޅު ލީޑާޝިޕުން މިއަދު ނިންމެވީ މަސްލަހަތަށް އެންމެ ރަނގަޅު ގޮތަކީ ރައީސް ޔާމީން ކެނޑިޑޭޓަކު ހަމަޖެއްސުންކަމަށެވެ.

ޕީއެންސީގެ ފަރާތުން ކެނޑިޑޭޓެއް ހަމަޖެއްސުމަށް ނިންމާފައިވާއިރު ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތް މައްސަލަ އިދިކޮޅުން މިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އަދި އެ މައްސަލަ ކޯޓުން މިއަދު ބަލައިގެންފައިވާއިރު 7 ދުވަސް ތެރޭގައި މައްސަލަ ނިންމަންޖެހެއެވެ.

ރައީސް ޔާމީނުގެ ވަކީލު އަދި ރަނިންމޭޓު ޑރ.ޖަމީލު ވަނީ މައްސަލާގައި ކާމިޔާބު ލިބި ރައީސް ޔާމީނުގެ ނަންފުޅު ވޯޓު ކަރުދާހުގައި އޮންނާނެ ކަމުގެ ޔަގީންކަން މީޑިޔާތަކައް ދީފައެވެ.

Ads by HDC
  1. އަލިހޮއްކޮ

    ތިޔައީ އެއްވެސް ބާރެއް އޮތް ބަޔެއް ނޫނެވެ. ކުރީގެ ވެރިޔަކުވެސް ކްރިކެޓް މެޗެއް އިންތިޒާމު ކޮށްފައި، މެޗްގެ ކުޅުންތެރިން ހޮވާފައި، މެޗަށް ކުޅެން ނުކުމެފައި، އަމްޕަޔަރުކަން ކޮއްފާ، ކެޕްޓަންކަން ކޮއްފާ، މޭން އޮފް ދަ މެޗް ކަންވެސް ނަގާފައި، ހުރިހާ އިނާމެއްވެސް ލިބިފައި، ޗީފްގެސްޓްކަންވެސް ކޮއްފައި މޮޅުވެސް ވާންވާނީ ހަމަ އެ ޓީމެވެ. ދެން ތިބޭނީ ހުސް ވިދާޅުވިި ގޮތް ހަދަން ތިބޭ މަނަލެވެ. އަދި ފަހުން އަންނަ ބަޔަކު ނަމަވެސް މި ޕާޓީގެ ކަންތަކާ ޖޯކް ޖަހާނެކަން ކަށަވަރެވެ.