ޚަބަރު ސިޔާސީ

ނާޒިމްގެ ރަނިންމޭޓް، ހޮނިހިރު ދުވަހު އިޢުލާނު ކުރަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ރަނިންމޭޓް އަންނަ ހޮނިހިރު ދުވަހު ރޭ އިއުލާނު ކުރަން ހަމަޖެހިއްޖެއެވެ.

Ads by STELCO

ނާޒިމްގެ ރަނިންމޭޓް އިއުލާނު ކުރާނީ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި ބިލަބޮން ހައި ސުކޫލުގެ ހޯލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސަ ޖަލްސާއެއްގައި ކަމަަށް އެ ޕާޓީން ބުނެއެވެ.

ދިހަހާސް މެންބަރުންގެ ދަފްތަރެއް އޮންނަ އެމްއެންޕީން، ގިނަ ވައުދުތަކާއިއެކުގައި، އެ ޕާޓީގެ ރިޔާސީ ކެމްޕެއިން ވަނީ ފަށައިފައެވެ.

ކެމްޕެއިނުގައި، ނާޒިމް ވަނީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވާ އެ ރައްޔިތުންގެ ޙިޔާލުތައް ހޯއްދަވާ ޝަކުވާތައް އަޑުއައްސަވައިފައެވެ. އެމްއެންޕީގެ މެނިފެސްޓޯގައި ވަރަށް ގިނަ ކަންކަން ހިމަނައިފައިވެއެވެ.

  1. ކަލްދޯބަޖޭ

    ތިޔަކަމެއް ނުވިއެއްނު އެއްބަޔަކަށްވެސް.. ގައިމުވެސް ނުވާނެ މީހުން އިއުލާން ކުރީ..

  2. އަބްދުއްރަޝީދު

    ސެޕްޓެމްބަރ 9 ގައި ދިވެހި ރައްޔިތުން ވޯޓްލައި ނާޒިމް ހޮވާނެ ކަމާމެދެ ޝައްކެތް ނުކުރަން