ޚަބަރު ސިޔާސީ

ރައީީސް ޔާމީނަށް ވާދަ ކުރެއްވިދާނެ ކަމަށް، ކުރާ އުއްމީދަށް ބަދަލެއް ނާދޭ: އަބްދުއްރަޙީމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި، އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީނަށް ވާދަ ކުރެއްވިދާނެކަމުގެ އުއްމީދު އެބައޮތް ކަމަށާއި، އެކަމަށް ބަދަލު ނާންނަ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އިލެކްޝަންސް ކޮމިޝަން(އީސީ)އިން ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތް މައްސަލައިގައި، އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އިއްޔެ ވަރަށް ދިގުކޮށް ކުރިއަށް ގެންދިޔަ އަޑުއެހުމަށްފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަބްދުއްރަޙީމް ވިދާޅުވީ، ރައީީސް ޔާމީނަށް އިންސާފު ލިބިވަޑައިގަންނަވާނެކަން ޔަޤީން ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭ ޙާލަތުގައި އެންމެ ފަހުގެ ނިންމުން ނިންމަވާނީ، ޕީޕީއެމް-ޕީއެންސީގެ ކޯލިޝަންގެ ލީޑަރު، ރައީސް ޔާމީން ކަމަށެވެ.

ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭނަމަ، ޕީޕީއެމުން އެހެން ކެންޑިޑޭޓަކު ނެރުމަކީ "ޕްލޭން ބީ" ކަމަށް ރައީސް ޔާމީންގެ ރަނިންމޭޓް، ޑރ.މުޙައްމަދު ޖަމީލު އަޙުމަދު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މިހެން ވިދާޅުވީއިރު، ބެކަޕް ކެންޑިޑޭޓެއްގެ ގޮތުގައި ޕީއެންސީގެ ފަރާތުން ވާދަ ކުރެއްވުމަށް ޑރ.މުޙައްމަދު މުޢިއްޒުއަށް ދިން ޓިކެޓާއިމެދު ވަނީ ސުވާލު އުފެދިފައެވެ.

Ads by HDC
  1. ދިވެހި ޒުވާނުން

    އަދުރޭމެން ތިއުޅެނީ ރައީސް ޔާމީނު މާރީތި ގޮތަކަށް ހަވަރަށްދީގެން

  2. މަންޒަރު

    ﷲގެެ ރަހުމަތުންް އިބޫޫ އައްް ކުރިމަތިި ނުލެވޭޭ ކޮންމެވެސްް ކަންތައްގަޑެެއްް މިންވަރުކޮއްދެއްވާށިއެވެެ އާމީންް އާމީންް އާމީން
    އިބޫއަކީީ ރާެއްޖެއައްް ބޮޑުވަބާއެއްް

  3. އަބްދޫ

    ވާދަ ނުކުރެވޭނެ. ޔާމީނު އަމިއްލަޔަށް އަގުވާއޤޓާލެވޭ އިރުވެސް މިވެރިންނަކަށް ނޭގެ.