ޚަބަރު ސިޔާސީ

ނާޒިމްގެ ވެރިކަމެއްގައި 75،000 ވަޒީފާ އުފައްދަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ދިވެހިރާއްޖޭގެ އިގްތިސާދު ފުޅާކުރައްވައި، 75،000 ‏ވަޒީފާ އުފައްދަވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ)ގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ނާޒިމް މި ވަޢުދުވެވަޑައިގެންނެވީ، އޭނާގެ ރަނިންމޭޓް އިޢުލާު ކުރެއްވުމަށް ބިލަބޮންގް ސްކޫލްގައި، ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކައިގައެވެ.

އޭނާ ވިދާޅުވީ، މިއަދު ދިވެހީންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ވަބާއަކީ ރާއްޖޭގެ މުއްސަނދިކަން މަދު ބައެއްގެ މުށުގެ ތެރޭގައި އޮތުން ކަމަށެވެ. ނަމަވެސް އޭނާގެ ވެރިކަމެއްގައި އެކަން ބަދަލު ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ދިވެހިންނަށް މުއްސަނދިކަން ބެހިގެންދާނެ ގޮތަކަށް ސިޔާސަތުތައް ބައްޓަން ކުރައްވާނެ ކަމަށެވެ.

އަދި އިޤްތިޞާދު ޑައިވަސިފަކޮށް އަލަށް 75،000 ވަޒީފާ އުފައްދަވައި، 15،000 ވިޔަފާރިވެރިން އުފައްދަވާނެ ކަމަށް ވިދާޅުވިއެވެ.

އެ ވަޒީފާތަކުގެ 30 ޕަސަންޓް އަންހެނުންނަށް ޚާއްސަކުރާނެ ކަމަށާއި، މަސްވެރިންނާއި ދަނޑުވެރިންނަށްވެސް  އެމީހުން ކުރާ މަސައްކަތުގެ ޙައްޤު ނަފާ ވަންނާނެ ގޮތް ހަދައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ނާޒިމު ވިދާޅުވީ ރާއްޖޭގައި ބޮލަކަށް 1،200 ޑޮލަރު ލިބޭ ކަމަށް ބުނާއިރު، ދިވެހިން ދިރިއުޅޭ ތަން ފެނިގެންދަނީ ވަރަށް ދަތިހާލުގައި ކަމަށެވެ.

"ދިވެހިރާއްޖޭގެ ސިޔާސީ ބޭފުޅުން ވަރަށް ގިނައިން ޕޯޑިއަމްތަކުގައި ވިދާޅުވޭ މަސްތުވާތަކެތީގެ ވަބާއޭ ޒުވާނުންނަށް އޮތް އެންމެ ބޮޑު ވަބާއަކީ ނުވަތަ ހަލާކަކީ. އެކަމަކު އަޅުގަނޑު މިއަދު ގަބޫލެއް ނުކުރަން އެއީ ދިވެހިރާއްޖެއަށް އޮތް އެންމެ ވަބާ ކަމަކަށް. ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ވަބާއެއް ކަމަށް އަޅުގަނޑު މިއަދު ގަބޫލުކުރާ ހިތް އޮތީ ދިވެހި މުއްސަނދި ކަމުގެ ފައިދާ ދިވެހިންނަށް ހަމައަށް ނުލިބޭކަން." ނާޒިމު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަދު މުއްސަނދިންތަކެއް އުޅެނީ ދިވެހިން ފިއްތާ އަޅުވެތިކޮށްގެން ކަމަށާއި ނަމަވެސް އެއީ އޭނާ ޤަބޫލުކުރައްވާ އިންސާނީ އުސޫލެއް ނޫން ކަމަށެވެ.

 

Ads by Allied Insurance
  1. އަބްލޮ

    ބާޢީ ނާޒް