ރައީސް ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތެއްގައި، ވާދަކުރަން މިހިރީ ތައްޔާރަށް: ޑރ. ވަހީދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް ވާދަކުރެވެން ނެތްނަމަ، ޕީޕީއެމް ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރަން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ހުކުމް ކުރުމާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ވަހީދު ވިދާޅުވީ މިއަދު ފެނިގެން ދިޔައީ ރައީސް ޔާމީނުގެ އިސްތިއުނާފީ މައްސަލަތައް ލަސްކުރަމުން ކުރަމުން ކުރަމުން ގޮސް އެމަނިކުފާނުގެ އަސާސީ ހައްގެއް ގެއްލުންތަން ކަމަށެވެ.
ވަހީދު ވިދާޅުވީ ރައީސް ޔާމީނަށް ވާދަކުރެވެން ނެތްނަމަ، ޕީޕީއެމް ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ.
“އަޅުގަނޑު ވަރަށް ކުރިންވެސް ދަންނަވާފައި ވާނީ. މީގެ ދެއަހަރެއްހާ ދުވަސް ކުރިން ވެސް، ރައީސް ޔާމީނަށް ކުރިމަތިނުލެވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އަޅުގަނޑުވެސް އެބަ ހުރީމޭ" ވަހީދު ވިދާޅުވިއެވެ.
ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ހުކުމް ކުރީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
މި މައްސަލާގައި ހުކުރު ދުވަހު ސުޕްރީމް ކޯޓުގައި ހަތް ގަޑިއެއްހާއިރު ވަންދެން އަޑުއެހުންތައް ވަނީ ކުރިޔަށް ގެންގޮސްފައެވެ.
އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ހުށަހެޅުމުން ބަލައި ނުގަންނަން އީސީން ނިންމީ ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދާތީ އާއި އެ ޙުކުމާ ގުޅިގެން ދައްކަންޖެހޭ ފަސް މިލިއަން ޑޮލަރު ނުދައްކާ އޮތުމުން އެއީ ސާބިތު ދަރަންޏެއް ނުދައްކާ އޮތުން ކަމަށް ވެސް ބަލައިފައެވެ.
ތޯ ބިޑި އަބަރާއް ހިށު ވަހީދު.
ހިހޫތަނުން ކާ މީހާ ނުކުތީ! މިއުޅެނީ ކުރިމަތިލާނެ މީހަކު ނުވެގެނެއް ނޫނޭ! ދެއަހަރު ކުރިއްސުރެ އެވާހަކަ ދައްކަމުން ތިއައީ.