ޚަބަރު ސިޔާސީ

މި ތިބީ ދައްކާ ބިރަށް، ފަހަތަށް ޖެހޭ ގޮތަކަށް ނޫން: ޓޮމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިދިކޮޅު ފަރާާތްތަކުން މިއަދު ތިބީ ސަރުކާރުން ދައްކާ ބިރަށް، ފަހަތަށް ޖެހޭ ގޮތަކަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤް(ޓޮމް) ވިދާޅުވެއްޖެއެވެ.

Ads by STELCO

އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްޤައްޔޫމަށް އިންސާފު ލިބުން ލަސްވާ މައްސަލައިގައި ޕީޕީއެމް-ޕީއެންސީގެ އިސް ބޭފުޅުން، ޖުމްހޫރީ މައިދާނުގައި އިހްތިޖާޖު ކުރުމުން، ފުލުހުން ވަނީ ޓޮމްއަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައި، ޗިޓު ފޮނުވައިފައެވެ. މީގެ ކުރިން ވެސް މި މައްސަލައިގައި ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ޗިޓު ފޮނުވައިފައިވެއެވެ.

އެކަން ފާހަގަކުރައްވައި ޓޮމް ވިދާޅުވީ، އެގޮތަށް ބިރު ދެއްކިޔަސް، ފަހަތަށް ނުޖެހޭނެ ކަމަށެވެ.

ފުލުހުން ކުރިން ވިދާޅުވީ، ޖުމްހޫރީ މައިދާނުން، ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ހިމެނޭހެން ހަތް މީހަކު ހައްޔަރު ކުރީ، އެއްވެ އުޅުން މަނާ ސަރަހައްދަކަށް އެއްވެ މުޒާހަރާކޮށް އަދި ފުލުހުންގެ ޤާނުނީ ވާޖިބަށް ހުރަސްއަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ކަމަށެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ މަޖިލީހުގެ ހަތަރު މެމްބަރުންނަކީ ޕީއެންސީ ޕީޖީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި ނައިފަރު ދާއިރާގެ މެމްބަރު އަޙުމަދު ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު އަދި މަހިބަދޫ ދާއިރާގެ މެމްބަރު ޓޮމްއެވެ.

 

 

 

Ads by HDC
  1. ހަސަންބެ

    މޮޔަގަޑާ ބަޔަކު ކަލޭމެންނައް ބިރެއް ނުދައްކާ ކަލޭއަމިއްލައް އައް ބިރު ގަންނަނީ ހިންގާފަ ހުރިޖަރީމާތައް ހަދާން ވީމަ

  2. އަދުރޭ

    ކަލޭތިޔައީ ދެން ކާކުތަ ބިރު ދައްކަން ރައްޔިތުން މަޖުލީހުގެ ގޮޑިއެއް ލިބުނީމަ ތިޔަ ތެޅިބާލަނީ ދެން އަންނަ ދައުރެއްގަ ކަލޭޔަށް ތިޔަ ގޮޑި ލިބޭނޭ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް