Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ރައީސް ޞާލިޙްގެ ވައުދެއް: ރަތަފަންދޫ އާއި ކެރެއްދޫ ގުޅާލާނަން

ރައީސް ޞާލިޙްގެ ވައުދެއް: ރަތަފަންދޫ އާއި ކެރެއްދޫ ގުޅާލާނަން

ގދ. ރަތަފަންދޫ އާއި އެ ރަށާއި، ކައިރީގައި އޮންނަ ގދ. ކެރެއްދޫ ގުޅާލަދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭނުގައި، ގދ. ރަތަފަންދޫއަަށް ވަޑައިގެން ބޭއްވެވި ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ރަތަފަންދޫ ރައްޔިތުން އެދުނު ފަދައިން، ރަށުގެ ބިން ހިއްކައި ދެއްވާނެ ކަމަށާއި، ބިން ހިއްކިގެންދާއިރު ކެރެއްދޫއާ ގުޅާލައްވާނެ ކަމަށެވެ.

"އިރާދަކުރެއްވިޔާ މި ރަށަށް ބިން ބޮޑުކުރުމަށްޓަކައި މި ރަށާއި ކެރެއްދުއާ ގުޅާލަދޭނަން،" ރައީސް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން ވަށައިގެން އޮންނަ ލިންކް ރޯޑާއި ބޮޑު ދެމަގުގައި ތާރުއަޅައި ޒަމާނީ ފެންވަރަކަށް ހައްދަވާނެ ކަމަށާއި، ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ޒަމާނީ ޔޫތު ސެންޓަރެއް ހައްދަވައިދެއްވާނެ ކަމަށެވެ.

މީގެ އިތުރުން އެ ރަށުގައި ޒުވާނުންގެ މަރުކަޒެއް އަޅައިދީ އާ ސިއްހީ މަރުކަޒެއް އިމާރާތްކުރުމާއި، ރަތަފަންދޫ ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް ހެދުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް