ޚަބަރު ސިޔާސީ

އަވަގުރާނަ ގޮވުމުގެ ނިޔަތެއް ނެތް، މަޢާފަށް އެދެން: ރަފިއްޔާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ގދ.ގައްދޫގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ކެމްޕެއިނުގެ ޖަލްސާގައި ދެއްކެވި ވާހަކައަށް އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު، ޑރ.ޢައިޝަތު ރަފިއްޔާ އެންމެފަހުން މަޢާފަށް އެދިވަޑައިގެންފައެވެ.

Ads by Hajj Corporation

ގައްދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ރަފިއްޔާ ދެއްކެވި ވާހަކަތަކަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

ރަފިއްޔާ ވިދާޅުވީ އޭނާ ދެއްކެވި ވާހަކައިގައި ބޭނުންކުރައްވައިފައިވާ އިބާރާތް، ބޭނުންކުރައްވައިފައި ވަނީ އެއްވެސް ހާލެއްގައި އަވަރާނަގޮވުމާއި ބޭއަދަބީ އިބާރާތެއް ބޭނުންކުރުމުގެ ނިޔަތުގައި ނޫންކަމަށެވެ.

"އެ އިބާރާތް އަޅުގަނޑު ބޭނުންކޮށްފައި ވާނީ ދިވެހި މުހާވަރާއެއް ބޭނުންކޮށް ސަމާސާ މިސާލެއް ވާހަކައިގައި ގެނައުމުގެ ނިޔަތުގައެވެ. އެހެންނަމަވެސް އެ އިބާރާތް އަޅުގަނޑަށް ބޭނުންކުރެވިފައިވާ ގޮތުގެ ސަބަބުން، އަޅުގަނޑު ބޭނުންކުރި މާނައާއި ވިސްނުމާ ޚިލާފު މާނައެއް އެ އިބަރާތުން ކުރެވޭކަމަށް ބައެއް ބޭފުޅުންނަށް ގަބޫލުކުރެއްވޭތީ، އެ ހުރިހައި ބޭފުޅުންގެ އަރިހުންނާއި ޖުމުލަ ގޮތެއްގައި އެންމެހައި ލޮބުވެތި ދިވެހީންގެ އަރިހުން މަޢާފަށް އެދެމެވެ." ރަފިއްޔާ ވިދާޅުވިއެވެ.

ރަފިއްޔާ ދެއްކެވި ވާހަކައަށް އޭނާ މަޢާފަށް އެދިވަޑައިގެންނެވިއިރު، ބައެއް ދީނީ ޢިލްމުވެރިން ވެސް ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!