ޚަބަރު ސިޔާސީ

އެމްއާރްއެމްގެ ކައުންސިލް މެމްބަރަކު އެމްޑީޕީއަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އުވައިލަން ނިންމާފައި އޮތް ޕާޓީ، އެމްއާރްއެމްގެ ކައުންސިލް މެމްބަރު މުޙައްމަދު ރާއިދު އެ ޕާޓީން ވަކިވެ، އެމްޑީޕީއާ ރޭ، ގުޅިވަޑައިގެންފިއެވެ.

Ads by STELCO

ރާއިދު އެމްޑީޕީއާ ގުޅިވަޑައިގެންނެވި ފޯމު، ރޭ ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޙަވާލު ކުރައްވައިފައެވެ.

ރާއިދަކީ އެމްއައިޓީސީގެ މެނޭޖިން ޑިރެކްޓަރެވެ.

އެމްއާރްއެމް އުވައިލުމުގެ މައްސަލަ ކޯޓްގައި އޮތުމާ ގުޅިގެން، އެ ޕާޓީ އަށް ނިސްބަތްވާ ފާރިސް މައުމޫން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ.

ރާއިދުގެ އިތުރުން ވެސް ބައެއް މެމްބަރުން ރޭ އެމްޑީޕީއާ ގުޅިވަޑައިގެންފައިވެއެވެ. މި އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްއާރްއެމުން އެމްޑީޕީއާއިއެކު ކޯލިޝަން ހަދައިފައެއް ނުވެއެވެ.

 

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!