ޚަބަރު ސިޔާސީ

ޑރ.ޢަލީ ޒާހިރުގެ ތާއީދު މުޢިއްޒުއަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ދީނީ ޢިލްމުވެރިޔާ ޑރ.ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.

Ads by STELCO

ޑރ.ޢަލީ ޒާހިރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ.މުޢިއްޒު އާއި ބައްދަލުކުރައްވައިފައިވާ ކަމަށެވެ.

އަދި މި ބައްދަލުކުރެއްވުމުގައި، ވެރިކަމުގެ ތަސައްވުރު ސާފު ކުރައްވައިފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އެމަނިކުފާނާ މެދު އިތުބާރު އެބައޮތް. ހެޔޮވެރިކަމެއް ކޮށްދެވޭނެ ޢިލްމާއި ޤާބިލުކަމާއި މަޑުމައިތިރި ރިވެތި ސިފަތައް އެބަހުރި. އަޅުގަނޑުގެ ތާއީދު ޑރ.މުޢިއްޒުއަށް."

ޑރ.ޢަލީ ޒާހިރު ވަނީ މުޢިއްޒުއަށް ކާމިޔާބީއަށް އެދިވަޑައިގަންނަވައިފައެވެ.

މުޢިއްޒު ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަނީ އިދިކޮޅު ލީޑަރު ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަ ކުރެއްވޭ ގޮތް ނުވުމުންނެވެ. އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިނުގައި މިއަދު ވަނީ ބޮޑުތިލަދުންމައްޗަށް ވަޑައިގަންނަވައިފައެވެ.

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!