ޚަބަރު ސިޔާސީ

އަޅުގަނޑަކީ ގާތް ރަހުމަތްތެރިއަކަށްވާނަމަ ރައީސް ޔާމީން ގެއަށް ބަދަލުކުރޭ:ސެމްބެ

އާއިޝަތު ނަޖާ ، ދެން އޮންލައިން
ފަރެސްމާތޮޑާ ދާއިރާ މެންބަރު ޙުސައިން މުޙައްމަދު ލަޠީފު (ސެންބެ).. ދެން އިމޭޖްސް

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) އަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާނަމަ ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިހާރުން މިހާރަށް ގެއަށް ބަދަލުކޮށްދިނުމަށް ސެމްބެ ގޮވާލައްވަފިއެވެ.

Ads by Sosun Fihaara

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓު، ސެމްބެއަކީ އެމަނިކުފާނުގެ ރައްޓެއްސެއް ކަމަށާއި އޭނާއަށް މަރުހަބާ ދަންނަވާ ކަމަށް ރައީސް ޞާލިހް ވަނީ އެމަނިކުފާނު ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވެފައެވެ.

ޑރ.މުހައްމަދު މުއިއްޒު މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ނޮޅިވަރަމަށް ވަޑައިގެން ބޭއްވި ޖަލްސާގައި ސެމްބެ ވާހަކަދައްކަވަމުން ވިދާޅުވީ މި ސަރުކާރުން އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި އަނިޔާވެރިކަން މަތީގައި ބަހަށްޓާތާ މިހާރު 1000 ދުވަސްވެފައިވާ ކަމަށެވެ.

" އެމަނިކުފާނުގެ އާއިލާއާއި ވަކިކޮށް އެމަނިކުފާނުގެ ގާތް އެކިވެރިންނާއި ވަކިކޮށް އެމަނިކުފާނުގެ ހެޔޮއެދޭ ފަރާތްތަކާއި ވަކިކޮށް އަނިޔާ ދެމުން ގެންދަނީ. އެއްވެސް ކަހަލަ އިންސާނިއްޔަތު ކަމެއް ނެތި. އޯގާތެރިކަމެއް ނެތި. އަޅުގަނޑުމެން އުންމީދުކުރީ އެމަނިކުފާނު ހިފަހަށްޓަގައިގެން އުޅެނީ ސިޔާސީ ބޭނުމަށްޓަކައި ކަމަށް. މިއަދު ޔަގީން ކުރެވޭއެބަ އެ ނޫން އެހެން މާނައެއްގައި އެކަން ކުރާކަން. އެއީ ޒާތީވެ ހަސަދައިގެން ތެރެއިން ލާއިންސާނިއްޔަތު އަނިޔާ ދެމުންދާ ވާހަކަ.". ސެމްބެ ވިދާޅުވިއެވެ.

ސެމްބެ ވިދާޅުވީ އޭނާއަކީ ރައީސް ޞާލިހްގެ ވަރަށް ގާތް ބޭފުޅެއްކަމަށް ފަރެސްމާތޮޑާގައި ރައީސް ވިދާޅުވެފައިވާ ކަމަށެވެ. އެއީ އިތުރުފުޅަކަށްނުވާނަމަ މިހާރުން މިހާރަށް ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް ސެމްބެ ގޮވާލެއްވެވިއެވެ.

Ads by Allied Insurance
  1. ޢައްޔަ

    ޢެމަނިކުފާނު އާއިލާއާވަކިކުރީ އެމަނިކުފާނު ކުރެއްވި ބޮޑުވެގެންވާ ވައްކަމުގެ ހުކުމް އެއްނުންތޯ

    • ޙަލީމް

      ބަލަ ‘ ޚުދު އަޅުގަނޑުވެސް ނުބުނަމޭ ރައީސް ޔާމީން އެކަން ނުކުރާ ވާހަކަ އެއް، ެކަން ކުރީ ޔާމީން އެކަނި މާއެކަނިތަ؟

  2. ކަނބުލޮ

    ވަރަށް ރަނގަޅު ވާހަކައެއް! މާތް ﷲ ތިޔަ ބޭފުޅުންނަށް ކާމިޔާބު ދެއްވާށި އާމީން!

  3. ޚިޔާނާތް

    އިންސާފަކީ ވަށްކަމުގައި ބައިވެރިވި ސާބިތުވި އެންމެނަށް އަދަބު ދިނުން ވަކި މީހަކަށް ހުކުމް ހިނގާތީ މައްސަލައަކީ..

    • އިބުރާ

      ހަމަ އެހެންމެ އޭގެ ތެރެއިން އެކަކަށް އަދަބު ކަށަވަރު ވުމަކީ އެންމެ ކުޑަ މިންވަރު ކަމުގައި ވިޔަސް އެއީ ވެސް އިންސާފުގެ ތެރެއިން ވާ ކަމެއް. ކުރަންވީ ކަމަކީ ކުށްވެރިއެއް ކަމަށް ކަނޑައެޅުނު މީހާ ދޫކުރުމަށް ގޮވާލުމުގެ ބަދަލުގައި ދެން ތިބި މީހުންނާއި ހަމަޔަށް ވެސް އިންސާފު އަރައި ހަމަކުރުމަށް އެހީތެރިވެ ދިނުން. ކުށްވެރިވި މީހާ ދޫކުރުމަށް ގޮވައިލުމަކީ އިންސާފެއް ނޫން.