ޚަބަރު ސިޔާސީ

ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކަށް ދައުލަތުގެ އެންމެ މަތީ ޢިއްޒަތް ޙައްޤު: ޤާސިމް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކަށް ދައުލަތުގެ އެންމެ މަތީ ޢިއްޒަތް ޙައްޤުވާކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބަށް ކެމްޕޭންކުރަން ޖޭޕީ އިން އދ. މާމިގިލީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ޤާސިމް ވިދާޅުވީ ޑރ. ވަޙީދަކީ ރާއްޖެ ވަރަށް ހަލަބޮލިވި ދުވަސްވަރެއްގައި ޤައުމު ހަމައަކަށް އެޅުވުމަށްޓަކައި ނާއިބު ރައީސްގެ މަޤާމުގައި ހުންނަވާފައި ރައީސްކަމަށް ވަޑައިގެން، ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަމަށެވެ.

އެބޭފުޅާއަށް ލިބިވަޑައިގަތް ފުރުޞަތުގައި ޤައުމުގެ މިނިވަންކަމާއި އަމަންއަމާންކަން ދަމަހައްޓަވައި ދެއްވި ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާނީ ނިޝާން ޣާޒީގެ އިއްޒަތުގެ ޝަރަފު މަނިކުފާނަށް ހައްގުވާކަން އަޅުގަނޑަށް ކަށަވަރު ޔަގީން،" ޤާސިމް ވިދާޅުވިއެވެ.

ޤާސިމް އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ބައިނަލްއަޤްވާމީ އެއާޕޯޓު ދިވެހިންނަށް ސަލާމަތްކުރެވުނީ ޑރ. ވަޙީދުގެ މަތިވެރި ގުރުބާނީ އާއި ޖިހާދުގެ ސަބަބުން ކަމަށާއި އެ ޖިހާދުގައި އެމަނިކުފާނުގެ ފަހަތުގައި ތިއްބެވި ފަރާތްތަކާއި ކުރި މަސައްކަތް ޑރ. ވަޙީދުގެ ހަނދާނުގައި ހުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އދ. މާމިގިލީގައި ރޭ ބޭއްވި ޖަލްސާގައި ޑރ. ވަހީދު ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައެވެ. އެމަނިކުފާނު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަކިވެވަޑައިގަތީ އެ ޕާޓީގެ ރިޔާސީ ކެންޑިޑެސީއާ ގުޅިގެން އުފެދުނު ހިތްހަމަނުޖެހުންތަކުގައެވެ.

 

Ads by Ooredoo
  1. އެއްކަލަ މީހާ

    މީގެ ކުރިން ހައްގެއްނޫން. މިހާރު ޖޭޕީގެ މެމްބަރަކަށްވީމަ ހައްގު. އެއީކިހިނެއްވާކަމެއް ސޭޓޫ.