ޚަބަރު ސިޔާސީ

މުޢިއްޒުއަކީ ބޮޑުތިލަދުންމަތީގެ ފަޚުރު: ޝުޖާޢު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ހއ.ވަށަފަރަށް ނިސްބަތްވެވަޑައިގަންނަވާ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު އަކީ ބޮޑުތިލަދުންމަތީގެ ފަޚުރު ކަމަށް ޕީއެންސީގެ ނައިބު ރައީސް، ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

Ads by MWSC

ހއ.އުތީމަށް މުޢިއްޒު އާއިއެކުގައި މިއަދު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެ ދާއިރާގެ ތާއީދު މުޢިއްޒުއަށް ފުރިހަމައަށް ލިބޭނެ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޝުޖާޢު ވިދާޅުވީ މުޢިއްޒުއަކީ އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ރުހުމާއި ލޯބި ލިބިފައިވާ، އެމަނިކުފާނު އެންޑޯޒް ކުރައްވައިފައިވާ ރިޔާސީ ކެންޑިޑޭޓް ކަމަށާއި، މުޢިއްޒުގެ ވެރިކަމެއްގައި ރައީސް ޔާމީނަށް އަނިޔާއެއް ނުކުރާނެ ކަމަށެވެ. އަދި އެމަނިކުފާނަށް ލިބެންޖެހޭ ޤަދަރާއި އިޙުތިރާމްވެސް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް ފާޑުވިދާޅުވެ ޝުޖާޢު ވަނީ، ރައީސް ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އުތީމުގައި އެކި ވަޒީފާތަކުގައި ތިބި ފަރާތްތައް ވަކި ކުރިކަން ފާހަގަކުރައްވައިފެއެވެ.

މުޢިއްޒުގެ ރިޔާސީ ކެމްޕެއިނުގައި ބޮޑުތިލަދުންމަތީގެ ރަށްރަށަށް ވަޑައިގެންނެވުމުން، އެމަނިކުފާނަށް ރަށްރަށުގެ ރައްޔިތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.

Ads by Ooredoo
  1. ޑރ މުއީޒު އަކީ މިއަދު އުތީމް ބޮޑު ތަކުރުފާނޭ ދެންނެވޭނީ !