ޚަބަރު ސިޔާސީ

އަޅުގަނޑުމެން މިތިބީ މެންޓަލް ބްލޮކެއްގައި ތާށިވެފައި، ތާށިކޮށްފައި": ފާރިސް"

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ދިވެހި ރައްޔިތުން މިތިބީ މެންޓަލް ބްލޮކެއްގައި ތާށިވެފައާއި ތާށިކޮށްފައިކަމަށް އަމިއްލަ ގޮތުން މިއަހަރުގެ ރިޔާސީ އިންތިޚާބަށް ވާދަކުރައްވާ ފާރިސް މަޢުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރޭ ސަލްޓަން ޕާކުގައި ބޭއްވި ކެންޕެއިން ޖަލްސާގެ ތެރޭގައި ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ ޤައުމުގެ ހާލަތާއިމެދު ވަރަށް ގިނަ ކަންބޮޑުވުންތަކެއް އެބަހުރިކަމަށާއި އޭގެތެރެއިން އެންމެ ޚާއްސަގޮތެއްގައި ރައްޔިތުންގެ މެދުގައި ދަރަޖަކުރެވިފައި އޮންނަ އޮތުން ފާހަގަކުރެވޭކަމަށެވެ.

"އެއްބަޔަކު މުއްސަނދިވެގެން ގޮސް އިންތިހާއަށް މުއްސަނދި، އަނެއް ބަޔަކު ވަރަށް ނިކަމެތި ހާލުގައި"

ރާއްޖޭގެ ނުވަދިހަ އިންސައްތައަށް ވުރެ ގިނަ މީހުން ދިރިއުޅެނީ ނިކަމެތި ހާލުގައި ކަމަށާއި މާލެ ކަހަލަ ރަށެއްގައި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުކަމުން ރައްޔިތުން ތިބެނީ މާޔޫސްކަންމަތީގައި ކަމަށް ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ ރާއްޖޭގެ ދައުލަތަކީ ވަރަށް މުއްސަނދި ދައުލަތެއްކަމަށާއި ރަނގަޅުގޮތުގައި މި މުއްސަނދިކަން ބޭނުންކުރެވިއްޖެނަމަ، އަދި އިތުރަށްވެސް މުއްސަނދިވެގެން ދާނެ ޤައުމެއްކަމަށެވެ.

ފާރިސް އިތުރަށް ވިދާޅުވީ ޒަރޫރީ އެތައް ބޭނުންތަކެއް ނުފުދި އެތަކެއް ރައްޔިތުންނެއް މި ރާއްޖޭގައި ދިރިއުޅެމުންދާކަމަށެވެ. އަދި މި މުޖުތަމަޢުގެ ތެރޭގައި ފަސާދަ އާއި ކޮރަޕްޝަން ޢާންމުވެފައިވާ މިންވަރުގެ ސަބަބުން ރައްޔިތުން ތިބެނީ މާޔޫސްވެފައިކަމަށެވެ.

"އަޅުގަނޑުމެން މިތިބީ މެންޓަލް ބްލޮކެއްގައި ތާށިވެފައި، ތާށިކޮށްފައި"

ނަމަވެސް ރާއްޖޭގައިވެސް ކުޅަދާނަ އަދި ދުނިޔޭގެ ފެންވަރުގައި ގުނާލެވޭފަދަ ތަޢުލީމީ އަދި ފަންނީ ޤާބިލް މީހުން އެބަ ތިއްބެވިކަމަށާއި، ރައްޔިތުންގެ ވިސްނުން ބަދަލުކޮށްލުމަށް ފާރިސް ވަނީ އެދިވަޑައިގެންފައެވެ.

"ދިވެހި ޤައުމަކީ ވަސީލަތްތައް ގިނަ، ވަރަށް ރީތި، އަޚްލާޤީ މިންގަނޑުވެސް ރަނގަޅު، މުސްލިމް، ފޯރުންތެރި، ކެރުންތެރި، ކުޅަދާނަ އަދި މަސައްކަތްތެރި ރައްޔިތުން ތިބި ޤައުމެއް"

ފާރިސް ވިދާޅުވީ ހުރިހާ ރައްޔިތުންގެ ވިސްނުން ބަދަލުކޮށްފިނަމަ، ހުރިހާ ކަމެއް ބަދަލުވެގެންދާނެ ކަމަށެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ ފާރިސްގެ ރިޔާސީ ކެންޕެއިން ރަސްމީކޮށް އިފްތިތާޙްކޮށްފައެވެ. މި ރަސްމިއްޔާތުގައި ފާރިސްގެ ރަނިންމޭޓް ޑރ. ޢަބްދުއްސައްތާރު ޔޫސުފް އާއި ބައްޕާފުޅު އަދި ކުރީގެ ރައިސް މަޤުމޫން ޢަބްދުލްޤައްޔޫމާއި އަދި މަންމަ ނަސްރީނާ އާދަމް ބަޑައިވެރިވެވަޑައިގެންނެވިއެވެ.

  1. އަޒްރާ

    ެނ އެންމެން ގުޅިގެން 2018 ރައިގަ މެންޓެލް ބްލެކެއް ތައްޔާރު ކުރީ ދެއްތޯ؟

  2. ހުރިހާ ދިވެހީންގެ ފަރާތުން

    “ދިވެހި ޤައުމަކީ ވަސީލަތްތައް ގިނަ، ވަރަށް ރީތި، އަޚްލާޤީ މިންގަނޑުވެސް ރަނގަޅު، މުސްލިމް، ފޯރުންތެރި، ކެރުންތެރި، ކުޅަދާނަ އަދި މަސައްކަތްތެރި ރައްޔިތން ތިބި ޤައުމެއް،” ކަމަށް ފާރިސް ބުނި އިރު، އޭނާގެ ބައްޕަގެ ދައުރުގައި ބައްޕަ ބުނެފައި ވަނީ އޭގެ އިދިކޮޅު ކަމުގައި ވާ ވަސީލަތް މަދު ތަނެއްކަމަށް އަދި ބައްޕަގެ ދައުރުގައި ބިދޭސީން އިންތިހާއަށް ގެންނަ ދޮރު ހުޅުވާފައި ވުމުން ކެރުންތި، ކުޅަދާނަ މަސައްކަތްތެރިން މަދު ތަނެއްކަން ޘާބިތްވެއެވެ. މާލޭގެ ޢާންމު ތަންތަނުން ދިވެހީންގެ އަޚްލާޤީ މިންގަނޑުވެސް ރަނގަޅު ނޫން، މުސްލިމް ނޫން، ފޯރުންތެރިކަން ނެތް ބަޔަކު ގިނަކަން ފެނި ޘާބިތްވެއެވެ. މަސްތުވާ ތަކެއްޗާއި، ޗޯރުންނާއި، ކޮރަޕްޓް ބޮޑެތި މީހުންނާއި، ފެންވަރުނެތްއިރުވެސް ދެއްކުންތެރި ކަމުގައި އުޅޭ އާދައިގެ މީހުންގެ ޢަމަލްތަކުންނެވެ.

    “އެއްބަޔަކު މުއްސަނދިވެގެން ގޮސް އިންތިހާއަށް މުއްސަނދި، އަނެއް ބަޔަކު ވަރަށް ނިކަމެތި ހާލުގައި،” ކަމަށް ފާރިސް ބުނި އިރު އެކަންވެސް ފައްޓާއިދީ ދެމެހެއްޓީ ވިލާ، ލޮލީ ޖާބިރު، ސަންޓްރެވަލް ޝިޔާޕް، ވިމްލާ، އަދި އެނޫންވެސް މީހުން އުފައްދައިގެން ތިމާގެ އަމިއްލަ ބަޕައެވެ.

    “އަޅުގަނޑުމެން މިތިބީ މެންޓަލް ބްލޮކެއްގައި ތާށިވެފައި، ތާށިކޮށްފައި،” ކަމަށް ފާރިސް ބުނި އިރު ހަޤީޤަތުގައި އެކަމުގެ ބިންގާ އެޅީ ބައްޕަ މައުމޫނެވެ.

  3. ހުރިހާ ދިވެހީންގެ ފަރާތުން

    “ދިވެހި ޤައުމަކީ ވަސީލަތްތައް ގިނަ، ވަރަށް ރީތި، އަޚްލާޤީ މިންގަނޑުވެސް ރަނގަޅު، މުސްލިމް، ފޯރުންތެރި، ކެރުންތެރި، ކުޅަދާނަ އަދި މަސައްކަތްތެރި ރައްޔިތން ތިބި ޤައުމެއް،” ކަމަށް ފާރިސް ބުނި އިރު، އޭނާގެ ބައްޕަގެ ދައުރުގައި ބައްޕަ ބުނެފައި ވަނީ އޭގެ އިދިކޮޅު ކަމުގައި ވާ ވަސީލަތް މަދު ތަނެއްކަމަށް އަދި ބައްޕަގެ ދައުރުގައި ބިދޭސީން އިންތިހާއަށް ގެންނަ ދޮރު ހުޅުވާފައި ވުމުން ކެރުންތި، ކުޅަދާނަ މަސައްކަތްތެރިން މަދު ތަނެއްކަން ޘާބިތްވެއެވެ. މާލޭގެ ޢާންމު ތަންތަނުން ދިވެހީންގެ އަޚްލާޤީ މިންގަނޑުވެސް ރަނގަޅު ނޫން، މުސްލިމް ނޫން، ފޯރުންތެރިކަން ނެތް ބަޔަކު ގިނަކަން ފެނި ޘާބިތްވެއެވެ. މަސްތުވާ ތަކެއްޗާއި، ޗޯރުންނާއި، ކޮރަޕްޓް ބޮޑެތި މީހުންނާއި، ފެންވަރުނެތްއިރުވެސް ދެއްކުންތެރި ކަމުގައި އުޅޭ އާދައިގެ މީހުންގެ ޢަމަލްތަކުންނެވެ.

    30 އަހަރު ދިވެހީންނަށް ޔުނިވަރސިޓީ ތަޢްލީމު މަސައްކަތްތެރިންނާއި އިންސާނީ ވަޞީލަތް ނުއުފައްދާފައި ވަނީ ގަސްދުގައިކަން ޘާބިތްވާ ގޮތަކީ އެހެން މީހަކު ވެރިކަމަށް އަރާ 2.5އަހަރުތެރޭގައި 2010 ޤަޥްމީ ޔުނިވަރސިޓީ އެޅުމުންނެވެ. އަޚްލާޤީ މިންގަޑު ދަށްވި ސަބަބަކީ އިތުރު ސިޓީތައް ނާޅާ އެންމެން މާލޭއަށް ތޮއްޖައްސުވައި އެންމެން ދަފްތަރުގެ ‘މެންޓަލް ބްލޮކެއް’ކަށް ލައިގެން، ޝައިޠާނާގެ ޢަމަލް ކަމުގައި ވާ ބައިވައި ކުރުވުމުގައި މާލޭ މީހުން/ދެން ތިބި މީހުނާއި ޖެއްސުމެވެ. އެއްބައިވަންތަކަން ނަތްތާލުމަށް communities disintegrateކުރީ ގަސްދުގައެވެ. އިސްލާމް ދީނުގައި communityތަކަކީ އެއްބައެއްވަންތަކަމުގައި ތިބެވިގެން މިސްކިތްތަކަށް އަރާއިރު neighboursއާއި ދިމާވެ އިތުރަށް life-timeގެ ރަޙްމަތްތެރީންނަށް ވާގޮތަށް ދީނުގެ ޢަމަލްތައް ހުރި ދީނަކަށްވާއިރު، އެގަހު ކޭލެއް މިގަހު ކޭލެއް، ނޭންގޭއިރު ކުލުނެއް، ލޯތްބެއް ޖެހިގެން ނަމާދުގައި ހުރި މީހާއަށް ދެވޭނެ ނިޒާމް ނައްތާލީ ޝައިޠާނީ ބޭނުމަށް މީސްތަކުގެ މެދުގައި philia|އަޚްވަންތަކަން/ކުލުނު ނައްތާލައި އަބަދުވެސް އެކަކު އަނެކަކަށް ރުޅިވެރިކަމާއެކު “އެ މީހުން” ހިތުގައި ބޭއްވޭ ގޮތަށެވެ. Aristotle|އަފްލާޠޫޥްން ބުނެފައި ވަނީ ބަޔެއްގެ ތެރެއިން philia|އަޚްވަންތަކަން/ކުލުނު ނެތިގެން ދިއުމުން އެބައެއްގެ ތެރެއަށް އިންޤިލާބެއް ފާވެގެން ދާނެތެވެ. ކޮންމެ އިންޤިލާބެއްގައި ގިނަ ލޭ އޮހޮރުންތަކާއި ގިނަ ބޭއިންސާފްތައް ހިގާނެއެވެ.

    ދެން، ރާއްޖޭގެ ހުރިހާ ރަށަކުން ދިވެހީން ދިރިއުޅުމަށް ގޯތި ދޫކުރުން ހުއްޓާލުމުން، ޢާއިލާތައް ގަސްދުގައި ރޫޅާލީވެސް ޝައިޠާނީ ބައިބައިކުރުމުގެ ތެރެއިންނެވެ. ސިޔާސީ ބޭނުމަށް މީސްތަކުން އެކި ބާވަތުގެ އަމިއްލަ މައްސަލަތަކުގައި ގަންބާފައި ބޭތިއްބުމުން، ދަޢުލަތް ކުރާ ބޭއިންޞާފީ ކަންކަމާއި ވިސްނާނެ ޖާގަ ކުޑަކުރުމަށެވެ.

    “އެއްބަޔަކު މުއްސަނދިވެގެން ގޮސް އިންތިހާއަށް މުއްސަނދި، އަނެއް ބަޔަކު ވަރަށް ނިކަމެތި ހާލުގައި،” ކަމަށް ފާރިސް ބުނި އިރު އެކަންވެސް ފައްޓާއިދީ ދެމެހެއްޓީ ވިލާ، ލޮލީ ޖާބިރު، ސަންޓްރެވަލް ޝިޔާޕް، ވިމްލާ، އަދި އެނޫންވެސް މީހުންނަށް STOއިން ތެލާއި، ބިމާއި، ފަޅުރަށްތަކާއި، ފަޅުތަކާއި، ދަޢުލަތް ޒިންމާވާގޮތަށް ސޮވެރިން-ގެރެންޓީ ދީގެން ބޭރު ޤަޥްމްތަކުން ލޯނު ނެގުމުގެ ފުރުޞަތާއި، ދިވެހި ބޭންކުން ޢާންމުންނަށް ދޫކުރެވެން ހުންނަ ލޯނުގެ ފައިސާގެ 90% ގެ ލޯނު ވަކި ބަޔކަށްދީ އުފައްދައިގެން ތިމާގެ އަމިއްލަ ބަޕައެވެ.

    “އަޅުގަނޑުމެން މިތިބީ މެންޓަލް ބްލޮކެއްގައި ތާށިވެފައި، ތާށިކޮށްފައި،” ކަމަށް ފާރިސް ބުނި އިރު ހަޤީޤަތުގައި އެކަމުގެ ބިންގާ އެޅީ ބައްޕަ މައުމޫނެވެ.

  4. ޖޯކަރް

    އާޓިކަލް ލިޔާއިރު މީހުންގެ ނަންތައް ރަންގަޅަށް ދަސްކޮށްގެން ލިޔަންވީނު

  5. އަނދިރި

    ތަޢުލީމުއާޢި މަތީ ތަޢުލީމު މިޤއުމުގައި ރައީސް މައުމޫނު ސަރުކާރުން ދިނީމާ މައުމޫނު ބޮލަށް ތިޔަބުނާ ހުރިހާރަށްޔިތުން ތިޔަތިބީ ބޮލަށް އަރާގަނެ މިޤއުމުގެ އިޖުތިމާއީ ފޭރާން ރަނގަޅަށް ވީދާ ފުނޑު ފުނޑު އަރުވާލައި ގެން ކޮންވާހަކައެއް ދަށްކަން ވަރަށް ވަރަށްސާފް