ޚަބަރު ސިޔާސީ

ގިނަ ބަނދަރުތަކާއި މަގުތައް ހެދިޔަސް، ޒުވާނުން ބިތްޖެހިފައި ތިބޭނަމަ، ބޭނުމެއް ނެތް: ‏ނާޒިމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކިތަންމެ ގިނަ ބަނދަރުތަކަކާއި މަގުތައް ހެދިޔަސް، އެތަންތަން ބޭނުން ކުރަން ތިބި ޒުވާނުން ބިތް ޖެހިފައި ތިބޭނަމަ، އެފަދަ ތަންތަން ތަރައްގީ ކުރުމުގެ ބޭނުމެއް ނެތް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

Ads by MWSC

"އުޖާލާ ޒަމާން" ނާޒިމްގެ މާލޭގެ ތަރައްގީގެ ސިޔާސަތު ހުށަހެޅުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ، އޭނާގެ ތަރައްގީގެ ޕްލޭން ވަރަށް ބޮޑަށް ތަފާތުވާނެ ކަމަށާއި، އެ ޕްލޭނަކީ މާލެ ސަރަހައްދު ތޮއްޖެއްސުން ނޫން ކަމަށް ވިދާޅުވެފައެވެ.

"އެތަންތަން ވާނީ ބާކީ، ނޫނީ ރާއްޖޭގެ ދަނޑު ބިންތައް ދެން އޮންނާނީ ބިދޭސީންގެ އަތްމައްޗަށް ގޮސްފަ."

ނާޒިމް ވިދާޅުވި ގޮތުގައި، އޭނާގެ ވެރިކަމެއްގައި މާލެ ސަރަހައްދަށް މީހުން ޖަމާކޮށް ތޮއްޖެއްސުމެއް ނޯންނާނެއެވެ. އޭގެ ބަދަލުގައި ރާއްޖޭގެ އުތުރާއި ދެކުނުގައި ހަތަރު އާބަން ސެންޓަރު ތަރައްގީކޮށް، އެތަންތަނުގައި ތައުލީމީ މީހުން އާބާދު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ އޭނާގެ ވެރިކަމުގައި ތަރައްގީ ކުރާ އާބަން ސެންޓަރުތަކުން، ރާއްޖޭގެ ކޮންމެ ރަށެއްގައި ރަޖިސްޓްރީ ވެފައިވާ މީހެއް ކަމުގައި ވިޔަސް، ގެދޮރު ލިބޭނެ ކަމަށެވެ.

Ads by Allied Insurance
  1. ވަރަަށް ރަނގަޅު ވާޙަކައެއް.