އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ކުލަ ވެސް ނެތް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ކެމްޕެއިންގެ ތަރުޖަމާނު އަދި މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ، މިއަދު ސޯލްޓް ކެފޭގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
މާރިޔާ ވިދާޅުވީ ޕީއެންސީގެ ކެންޑިޑޭޓް އަދި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރެއްގައި ޕީޕީއެމް ބައިވެރި ކުރުމަށް ވިސްނަވާފައި ނެތް ކަމަށެވެ.
ވެރިކަމަށް ވަޑައިގެން ކުރީގެ ރައީސް ޔާމީން ޖަލުން ސަލާމަތް ކުރައްވާނެ ކަމަށް ވިދާޅުވެ މުޢިއްޒު ދައްކަވަނީ ރައްޔިތުންނަށް ހުވަފެން ކަމަށް ވެސް މާރިޔާ ތުހުމަތު ކުރެއްވިއެވެ.
”ޕީޕީއެމްގެ ކުލަ ވެސް ކަރުދާސްކޮޅުގައި ނެތޭ. އިންތިޚާބު ނިމިގެންދާއިރު ޕީޕީއެމް މި ރާއްޖޭގެ މި ކަރުދާސްކޮޅުން ފޮހެވިގެންދާނެ.“ އޭނާ ވިދާޅުވިއެވެ.
މާރިޔާ ގެންދަވަނީ އޭނާ ސިލްސިލާކޮށް ބާއްވަވާ ކޮންމެ ނޫސްވެރިންގެ ބައްދަލުވުމެއްގައި މުޢިއްޒަށް ބަހުގެ ހަމަލާތައް ދެއްވައި، އެންޓި-ކެމްޕެއިން ކުރައްވަމުންނެވެ.
މުޢިއްޒު އަކީ ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެވެ. އެއީ ދެ ޕާޓީއެއް ކަމުގައި ވިޔަސް، މަސައްކަތް ކުރަނީ އެކުގައެވެ.
މާރިޔާ އާއި ހަވާލުވެފަ އޮތީ ޕީޕީއެމްގެ ތެރެ ބައިބައި ކުރުމުގެ ޒިންމާތޯ ހިތުގައި ސުވާލު އުފެދޭ
މާރިޔާ މޮޔަވީތަ. ވަރިހަމަ ކުލަނެތަސް، ޕީޕީއެމް ގެ ކުލައަކީ މުއިއްޒު ކުލަ.
ވޯޓް ކަރުދާސް ލީކުވީތޯ؟