ޚަބަރު ސިޔާސީ

އާންމުން އެއްކޮށްގެން ދޮގު އިލްޒާމް އަޅުވައި އަބުރު ކަތިލީތީ ރައީސް ނަޝީދުގެ މައްޗަށް އަބުރުގެ ދައުވާކުރާނަން: އަލްހާން

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތައް ދޭނެ ކަމަށް ބުނެ ނެރެގެން އެ އުޅެނީ އަލްހާން ފަހުމީގެ ޕޮންޒީ ސްކޭމަށްވުރެ ނުލަފާ ސްކޭމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެން، ނަޝީދުގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެގޮތުން، ރައީސް ނަޝީދުގެ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، ބަދަލުގެ ގޮތުގައި އެދެނީ  3333 ބިޓްކޮއިން ކަމަށް އަލްހާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ. ދިވެހި ރުފިޔާއިން ބަލާނަމަ 3333 ބިޓްކޮއިން އަކީ ގާތްގަނޑަކަށް 133 މިލިއަން ރުފިޔާއެވެ.

ޑިމޮކްރެޓްސްގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ގުޅިފަޅުން ބިން ހިއްކާފައި ދޭނީ ކިތައް ގޯތިކަން ސަރުކާރުން މިހާތަނަށް ހާމަކޮށްފައިވާ ހިސާބުތަކުން ފެންނަން ނެތް ކަމަށާއި ނަމަވެސް ގޯތި ދޭނެ ކަމަށް ބުނެ ޗާޓެއް ސަރުކާރުން ނެރެފައިވާ ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ މިއީ އަލްހާން ފަހުމީގެ ޕޮންޒީ ސްކޭމަށްވުރެ ނުލަފާ، ނުލަފާ ކަމެކޭ ރާވައިގެން ރައްޔިތުންނަށް އެންމެ ބޮޑަށް ޖެހިފައިވާ މިންވަރު، އެންމެ ބޮޑަށް ހާލުގައި ޖެހިފައިވާ ވަގުތު، އަދި އެންމެ ބޮޑަށް އެދި އެދި ހުރި ވަގުތު. ރައްޔިތުންގެ ގާތުގައި ކަލޭމެންގެ ވޯޓު ދޭނީ މި ގަނޑު ކޮޅުގައި ސޮއިކޮށްގެންނޭ މި ގަނޑޫ ކޮޅުގައި ސޮއިކުރީމާ މިވެނި ތަނަކުން ގޯއްޗެއް ލިބެން އެބައޮތޭ. ކިޔައިގެން ހަދާ، ކަނޑައެޅިގެން ހަދާ ދޮގު" ރައީސް ނަޝީދު ވިދާޅުވިއެވެ.

އަލްހާނާއި އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީގެ ހިއްސާ އޮންނަ ކިންގްސް ކުންފުނިން "ކިންގްސް ފޮރެކްސް"ގެ ނަމުގައި އާންމުންގެ އަތުން ފައިސާ ނަގައިގެން ސްކީމެއް ހިންގި މައްސަލައެއް ފުލުހުން ތަހްގީގްކޮށްފައިވާއިރު، އެ މައްސަލަ އާންމުންގެ ސަމާލުކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންވެސް ވަނީ ގެނެސްފައިވެއެވެ.

Ads by HDC
  1. ރެއްކަބޭ

    އެއްކަލަ ކޮންމީހާ ސަރުކާރުން ސްޕްޓެއް ބޭނުންވީ. ނޫނީ ކޮންމެވެސް ލާރިކޮޅެއް ހަދާލަން މީއެންމެ ރަނގަޅު ދަނޑިވަޅު ކަމަށްބަލައި އަންނިއާއި ލެޑިގަތީ.

  2. ތި ލިބުނިއްޔާ މަގޭ ލާރިކޮޅު އަނބުރާދޭތި

  3. ޙެހެހ

    ކަލޭތީ ވަގެއް