ޚަބަރު ސިޔާސީ

މެމްބަރު މޫސާ ސިރާޖުގެ ތާއީދު މުއިއްޒުއަށް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ވެރިކަން ކުރާ އެމްޑީޕީން މިއަދު ވަކިވެވަޑައިގެންފައިވާ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް، ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.

Ads by STELCO

މުއިއްޒުއަށް ތާއީދުކުރެއްވިކަން އިއުލާނުކުރައްވަމުން ސިރާޖު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2018 ވަނަ އަހަރު ލ. އަތޮޅުން އެމްޑީޕީއަށް ކުރި ލިބުނުކަމުގައިވިޔަސް މިފަހަރުގެ އިންތިޚާބުގައި އެކަން ބަދަލުކުރައްވާނެކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ސިރާޖު ފޮނުއްވި ސިޓީގައި ވިދާޅުވީ އެޕާޓީގެ މެމްބަރެއްގެ ގޮތުގައި އިތުރަށް ހުންނަން އެދިވަޑައިނުގަންނަވާތީ ވަކިކޮށްދެއްވަން އެދިވަޑައިގަންނަވާފައިވާއިރު، އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ސިރާޖު އެ ޕާޓީން ވަކިވާން އުޅޭ ކަމުގެ އަޑުތަކެއް މީގެ ކުރިން ވެސް ވަނީ ފެތުރިފައެވެ. އެ ޕާޓީން ސިރާޖު ވަކިވެފައިވާއިރު މި ފަހުން އެމްޑީޕީގެ ހަރަކާތްތަކާ ވެސް އެބޭފުޅާ ވަނީ ދުރުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!