ޚަބަރު ސިޔާސީ

މޫނު ބުރުގާ އަޅައިގެން ސްކޫލްތަކުގައި ކިޔަވައިދެވޭ ގޮތް ހަދައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މޫނު ބުރުގާ އަަޅައިގެން ސްކޫލްތަކުގައި ކިޔަވައި ނުދޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން އެކުލަވައިލެއްވި އުސޫލަށް ބަދަލު ގެންނަވައިފިއެވެ.

Ads by STELCO

އައު އުސޫލުގައިވާ ގޮތުން، މޫނުބުރުގާ އެޅި ޓީޗަރުން، ކާކުކަން އަންގައިދޭން އަޅަން ޖެހޭނީ ސްޓާފް ކާޑެވެ. އަދި މޫނު ބުރުގާ ނަގައިގެން ހުންނަން ޖެހޭނީ މޫނު ހާމަކުރަން އެކަށީގެންވާ މާހައުލެއްގައި، އުމުރުން 10 އަހަރު ނުވާ ދަރިވަރުންނަށް ކިޔަވައިދޭ އިރުގައި އެެކަންޏެވެ.

2023އަށް ވެސް އެމްޑީޕީއާއިއެކު ކޯލިޝަން ހަދައިފައިވާ އަދާލަތު ޕާޓީން ބުނީ، ސަރުކާރުން އެ ބަދަލު ގެނައީ އެ ޕާޓީން އެދިގެން ކަމަށެވެ.

އަދާލަތު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ހޯމް މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމީ ހެދުމުގައި ވަޒީފާ އަދާކުރުމަށް އޮތް ފުރުސަތާމެދު އަރާފައިވާ އޮޅުން ފިލާނޭހެން އުސޫލު އިސްލާޙުކުރެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ.

ޢަދާލަތު ޕާޓީން ހުށަހެޅި ގޮތަށް ތަޢުލީމީ ދާއިރާގައި ތިއްބެވި ނިޤާބުކުރައްވާ އުޚުތުންނަށް އިސްލާމީ ހެދުމުގައި ވަޒީފާ އަދާކުރުމަށް އޮތް ފުރުސަތާމެދު އަރައިފައިވާ އޮޅުން ފިލާނޭހެން އުސޫލު އިސްލާޙުކުރެއްވި ކަމަށްޓަކައި މިނިސްޓަރު ޑރ. ޢައިޝަތު ޢަލީ އަށާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.

ޓީޗަރުންގެ ސުލޫކީ މިންގަނޑު ކުރިން އޮންނަ ގޮތުން ކިޔަވާ ދޭ ވަގުތު ޓީޗަރުން ތިބެން ޖެހެނީ ކާކުކަން އެނގޭ ގޮތަށެވެ. އެހެންވުމުން މޫނު ބުރުގާ އަޅައިގެން ކިޔަވައި ދިނުމުގެ ފުރުސަތު އޮތީ ބަންދުވެފައެވެ.

Ads by Ooredoo
  1. ލަކުޑި ކަޅޭ

    ކުދިންނޭ ވިސްނާތި މި ނަށާދޮންއާސް ވޯޓައްޖެހިމަޅިއެއްމީ

  2. ހުރިހާ ކަނބަލުން އައުރަ ނިވާކުރިޔަސް ކަމަނާ ތިހުންނަނީ ކޮންގޮތަކަށް ތޯ !

  3. ފަހަރި

    މޫނުބުރުގާ އަޅާ ކަނބަލުންގެ ވޯޓު ނުލިބޭނެކަންޔަގީންވީމަ ބިރުން އަވަހައް ބަދަލުޮޮށްލީ 2 ވަނަދައުރެއް ދީފިނަމަ އިހުވެސް އޮތްގޮތައް ހަދާނެ ސަރުކާރުގެތެރެއިން ރަނގަޅު ކޮށްލަން އަދާލަތައް ފެނުނީ ހަމަ އެކަނި މިމައްސަލަތޯ

  4. އެއްކަލަ މީހާ

    ސަރުކާރުން ހަމަޖެއްސީކީނޫން. ސަރުކާރު ބަލިކޮށް ބަރަހަނާ މިނިސްޓަރ ތެތްފޮށައެއް ފެލާހެން ފެލާލާފަ ސަރުކާރު ކުޑަކަކޫމައްޗަށް ތިރިކޮށްފަ ރައްޔިތުން ހޯދި ހައްގެއް އެއީ. ލޮލް

  5. ސުން

    ރާއްޖޭގެ ތައުލީމީ ނިޒާމް ހަލާކުކޮށްލި އަންހެނާ.24 ގަޑިއިރު ކެމްޕެއިންގަ.ވާނުވާ ނޭގެ.