Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ބިން ހިއްކައިގެން ތަރައްޤީ ކުރެވޭކަން އެނގުނީ، ޤާސިމްގެ ސަބަބުން: ނިހާން

ބިން ހިއްކައިގެން ތަރައްޤީ ކުރެވޭކަން އެނގުނީ، ޤާސިމްގެ ސަބަބުން: ނިހާން

ބިން ހިއްކައިގެން ރަށް ރަށް ތަރައްޤީ ކުރެވޭނެކަން ދިވެހިންނަށް އެނގުނީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް، ޤާސިމް އިބްރާހީމްގެ ފަރާތުންކަމަށް ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަދި ޤާސިމް އެޑުވައިޒަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވީ، ނ ކެނދިކުޅުދޫގައި ބޭއްވި ޤާސިމްގެ ކެމްޕެއިން ޖަލްސާގައެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ޤާސިމްއަކީ އެކި ދާއިރާތަކުން ރައްޔިތުންނަށް އެތައް އެހީއެއް ވެދެއްވާފައިވާ ބޭފުޅެއް ކަމަށާއި ނަފާ ހޯދޭނެ ގޮތް އެނގޭނެ ބޭފުޅެއްކަމަށެވެ.

Advertisement
Allied — Dhen Online (box)

ނިހާން ވިދާޅުވީ ޤާސިމްއަށް ވެރިކަން ދީފިނަމަ ވެރިކަން ކުރައްވާނީ ދައުލަތުގެ ލޯ ލާރިއެއްގައި ނުޖެހިކަމަށާއި، ސެޓިފިކެޓެއް ނެތް ނަމަވެސް ޤާސިމްއަކީ ސިކުނޑީގެ ޤާބިލުކަމާއި، ރަހުމު ހުރި ބޭފުޅެއްކަމަށެވެ.

ނިހާން ވިދާޅުވީ ޤާސިމްވަރުގެ ޤާބިލު ފިނޭންްސް މިނިސްޓަރަކު ނުހުންނާނެކަމަށާއި، އެމަނިކުފާނު ވެރިކަމަށް ގެނެސްފިނަމަ، އެ ހޯދެނީ ދައުލަތުގެ ބައިތުލްމާލަށް ފާރަވެރިވާނެ ފާރަވެރިއެއްކަމަށެވެ.

އެގޮތުން ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިނުވާ ފިނޭންސް މިނިސްޓަރެއް ޤާސިމް ނޫނީ ނެތްކަމަށް ވިދާޅުވިއެވެ.

ނިޙާން ވިދާޅުވީ، ރާއްޖޭގައި ވޯޓަރ ވިލާ އެޅޭނެކަމާއި، ބިން ހިއްކައިގެން ރަށް ރަށް ތަރައްގީކުރެވޭނެކަންވެސް ދިވެހިންނަށް އިނގުނީ ޤަަސިމްގެ ފަރާތުންކަމަށެވެ.

ޤާސިމްގެ ޤާބިލުކަމަށް ތަޢުރީފު ކުރައްވައި ނިހާން ވިދާޅުވީ، ޤާސިމްއަށް ޑޮކްޓަރ ޤާސިމް ކިޔުމުގެ ރަސްމީ ހައިސިއްޔަތު އެމަނިކުފާނުގެ އެބައޮތްކަމަށެވެ.    

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް