ވޭތިވެދިޔަ 48 ގަޑިއިރު ތެރޭގައި ހަމައެކަނި ލ. ފޮނަދޫއިން 200 މީހުން އެމްޑީޕީ އިން ވަކިވެއްޖެ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
ސިރާޖު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޭތުވެދިޔަ 48 ގަޑިއިރު ތެރޭގައި ހަމައެކަނި ފޮނަދޫއިން 200 އެއްހާ އެމްޑީޕީގެ އާންމު މެންބަރުން އެޕާޓީގެ ދަފްރަތަރުން ވަކިވުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.
އެކަން ހާމަކޮށް ސިރާޖު ވަނީ ފޮނަދޫގެ އެމްޑީޕީ މެންބަރެއް އެ ޕާޓީން ވަކިވުމަށް އެދި ލިޔެފައިވާ ސިޓީއެއް ވެސް އާންމު ކުރައްވާފައެވެ.
ސިރާޖު މިފަދައިން ވިދާޅުވިއިރު އޭނާ ވަނީ ފާއިތުވި ހަފުތާގައި އެމްޑީޕީން ވަކިވެފައެވެ. އަދި އަންނަން އޮތް ރިޔާސީ އިންތިޚާބުގައި ތާއީދުކުރައްވާނީ ޑރ.މުޢިއްޒަށްކަން ސިރާޖު ވަނީ ހާމަކުރައްވާފައެވެ.
ވަކިވާ ކޮންމެ މެންބަރަކަށް ދެމެންބަރުން އިތުރުވާ ވާހަކަ ނުބުނީ ކީއްވެ
އޯކޭ ވޯޓްދޭނީ އެމްޑީޕީއައް