ޚަބަރު

ޕީޕީއެމަށް ވެރިކަން ލިބިއްޖެނަމަ، ތިބެން ޖެހޭނީ ކޮޅުފިލާ ގޮނޑީގައި: މޫސަ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިދިކޮޅު ޕީޕީއެމްއަށް ވެރިކަން ލިބިއްޖެނަމަ، އެ ޕާޓީއާ އިދިކޮޅު ފަރާާތްތައް ތިބެން ޖެހޭނީ ކޮޅުފިލާ ގޮނޑީގައި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު(ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ލ.އިސްދޫކަލައިދޫގައި ބޭއްވި "އުފާވެރިއަމާންރާއްޖެ" ކެމްޕެއިން ޖަލްސާގައި މޫސަ ވިދާޅުވީ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގެ މަޤާމުގައި ހުންނަވައިގެން، ގައުކޮޅެއް ވެސް އުފުއްލަވައިނުލައްވާ ކަމަށާއި، ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި އިދިކޮޅު މީހުންނަށް ގަނޑުވަރުތެރެއަށް ނުވަދެވޭނެ ކަމަށާއި، ތިބެން ޖެހޭނީ ކޮޅުފިލާ ގޮނޑީގައި ކަމަށެވެ.

މޫސަ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދައްކާ ގޮތަށް ސިޔާސީ ވާހަކަ ދައްކަން ވަގުތެއް ނުވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ގިނަ ތަރައްޤީގެ ގިނަ މަޝްރޫޢުތައް ނިންމަވައި، ރިބަން ކަނޑުއްވަމުންދާތީ، ސިޔާސީ ވާހަކަތަކަށް ވަގުތު ނުވާތީ ކަމަށެވެ.

"ރައީސް އަޅުގަނޑު ދަންނަވަން މި ހައްދުންމަތިން، ރައީީސް ސިއްސައިގެންދާވަރުގެ ނަތީޖާއެއް، މި ބޭފުޅުން ނެރިފަދޭނެ." މޫސަ ވިދާޅުވިއެވެ.

މޫސަ އިތުރަށް ވިދާޅުވީ ރައީީސް ޞާލިޙަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ، ލ.އަތޮޅުގެ ރަށްތަކުގައި ތަރައްޤީގެ އިތުރު މަޝްރޫޢުތައް ހިންގަވާނެ ކަމަށެވެ.

 

Ads by Allied Insurance
  1. އެއްކަލަ މީހާ

    ޕީޕީއެމްގެ ވެރިކަމުގަ ކަލޭއިނީ ތަޚުތުގަ ރައްޔިތުންގެ މަޖިލީހުގެ އެންމެ އުސްގޮޑީގަ ދަރިނިބޯ ހޭބަލިވީތަ. ރައްޔިތުން ކުރިމަތީ ފޮށާބޭލޭއިރުވެސް ދަރަނިބޮލަކަށް ނޭންގެ ދޯ.

  2. އަޑިކޮންނަ

    އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ ތިބެންޖެހޭނީ ބިންމަތީ ކުޑަކަކޫމަތީގަ.
    4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4

  3. ހާއުފާ

    ޕީޕީއެމްގެ ވެރިކަމުގައި މޫސަ އުޅުނީ އުދުހި. އަނގައޮތީމާ ކާޅެއް ނުކާނެދޯ؟