ޚަބަރު ސިޔާސީ

އަމްރު ރައީސް ޞާލިޙަށް: ބިރުދައްކަވަން ނޫޅުއްވާ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެއްބުރުން ނިންމަވާލެއްވުމަށާއި ދެވަނަ ބުރަކަށް ގޮސްފި ނަމަ ގައުމު ވަރަށް ބޮޑަށް ހަލަބޮލިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވުމާއި ގުޅިގެން އެގޮތަށް ބިރުދައްކަވަން ނޫޅުއްވުމަށް ޑިމޮކްރެޓްސްގެ ރިޔާސީ ރަނިންމޭޓް ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރޭގައި ތ. ކިނބިދޫއަށް ވަޑައިގެން ރައީސް ޞާލިޙް ވިދާޅުވީ މި ފަހަރުގެ ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގޮސްފި ނަމަ ގައުމު ވަރަށް ބޮޑަށް ހަލަބޮލިވާނެ ކަމަށާއި ވަރަށް ގިނަ ރަށްރަށަށް މިހާތަނަށް ވަޑައިގެންފައިވާ ކަމަށާއި ކޮންމެ ރަށަކުން ވެސް ފެނިވަޑައިގަތީ އެމްޑީޕީއާ އެކީ ކުރިއަށް ދާ މަންޒަރު ކަމަށެވެ.

"އެހެން ނޫން ނަމަ މި ދެވަނަ ބުރަކަށް ގޮސް އަނެއްކާވެސް ބޮޑު ހަލަބޮލި ކަމަކަށް މި ރާއްޖެ ގޮސްދާނެ. އެ ފުރުސަތު ނުދެއްވުން އެއީ ވިސްނަން ޖެހޭ ކަމެއް. އެ އަށް އެނބުރި ގޮއްސިއްޔާ ދެން ވެދާނެ ގޮތް ހީވެސް ނުކުރާނެ،" ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވުމުން އެއީ ބިރުދެއްކުމުގެ ފިނޑިއަމަލެއްކަމަށް އަމްރު ވަނީ ސިފަކުރައްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!