ޚަބަރު ސިޔާސީ

ތެލެސީމިއާ ކުދިންނަށް ހާއްސަ އެލަވަންސެއް ދޭނަން: މުއިއްޒު

ރައުފާ ރަޝީދު ، ދެން އޮންލައިން
ރާއްޖޭގައި ތެލެސީމިއާ ބަލީގެ ޝިކާރައަކަށް ވެފައި ތިބި ކުދިންނަށް ހާއްސަ އެލަވަންސެއް ހަމަޖައްސައިދޭނެ ކަމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެންޕެއިނަށް ރ. ދުވާފަރަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ތެލެސީމިއާ ކުދިންނަށް ހާއްސަ އެލަވެންސެއް ދޭން ފެށުމުން ލޭ އަޅަންޖެހޭ ކުދިންގެ އާއިލާތަކުން އުފުލާ ބުރަޔަށް ފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ.

Ads by Hajj Corporation

މުއިއްޒު ވިދާޅުވީ ޖުޑީޝަރީ ތެރެއަށް ސިޔާސީ ނުފޫޒު ވަދެގެން ޙައްޤު ނޫން އަދަބު ދެވޭތަން އެބަ ފެންނަމުންދާ ކަމަށެވެ. އަދި އެއަދަބުން އެމީހާ ސަލާމަތްވެގެން އައިސް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ފުރުޞަތް ނުލިބޭ ކަމަށާއި އެހެންކަމުން ޙައްޤު ނޫންގޮތުގައި ހައްޔަރުކޮށް އަދަބު ލިބޭ ފަރާތްތަކަށް ކޮންޕެންޒޭޝަން ލިބޭނެ ގޮތާއި އުސޫލެއް މެނިފެސްޓޯގައި ހިމަނާފައިވާނެ ކަމަށެވެ.

އަދި ވީއެންމެ އަވަހަށް ދައުވާކުރުމަށް، 24 ގަޑިއިރުތެރޭ ނުވަތަ ލަސްވެގެން 48 ގަޑިއިރު ތެރޭ އެމީހަކަށް ދައުވާކުރެވޭނެގޮތަށް ފުލުހުންގެ މަސައްކަތް ބައްޓަންކޮށް، "ވާނުވާ" ގަ ތިބުން ދާއިމީކޮށް ނިމުމަކަށް ގެންނާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

  1. ބިރުބޮދު

    ތިހިރަ ބުރާންޗާ ތެލްސީމިޔާ ވައުދުއަކީ ކާނަލް ނާޒިމް މާކުރިންވެފައޮތް ވައުދެއް