ޚަބަރު ސިޔާސީ

ރާއްޖެއިން ބޭރުގައި ހުންނެވިއިރުވެސް، ޤާސިމް އިސްކުރެއްވީ ދިވެހި ރައްޔިތުން: ނިހާން

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

އާލާސްކަންފުޅާ އުޅުއްވިއިރު ރާއްޖެއިން ބޭރުގައި ހުންނަވައިގެންވެސް ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގައި ޤާސިމް އިބްރާހީމް ދެމިހުންނެވިކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރ އަޙްމަދު ނިހާން ވިދާޅުވެއްޖެވެ.

Ads by Sosun Fihaara

ޤާސިމްއަށް ތާއީދު ހޯއްދެވުމަށް ޅ. ނައިފަރަށް ކުރެއްވި ކެންޕެއިން ދަތުރުގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ދިވެހިން މިއަދު މިދެކޭ ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމަށް އެންމެ ބޮޑަށް ވަކާލާތުކުރައްވައި އެކަން ދަމަހައްޓަން މަސައްކަތްކުރެއްވި ބޭފުޅަކީ ޤާސިމްކަމަށެވެ.

ނިހާން ވިދާޅުވީ ޤާސިމް އަކީ ދިވެހި ރައްޔިތުންނަށާއި ދިވެހި ރާއްޖެއަށް ޚިދުމަތް ކޮށްދިނުމުގައި ދެމިހުންނެވި ބޭފުޅެއްކަމަށާއި، ރިޔާސީ އިންތިޚާބުން ނާކާމިޔާބު ވެވަޑައިގަތުމުންވެސް އެކި ސަރުކާރުތަކާއެކުގައި މަސައްކަތް ކުރެއްވީވެސް ދިވެހި ރައްޔިތުންގެ ޚިދުމަތް ދެމިހުރުމަށް ކަމަށެވެ.

2018 ވަނަ އަހަރު ޤާސިމްގެ ހާލުކޮޅު ބޮޑުވެގެން މާލެއިންނާއި ރާއްޖެއިން ބޭރުން ފަރުވާ ހޯއްދެވުމަށް ސިންގަޕޫރު އަދި ފަހުން ޖަރުމަނަށް ވަޑައިގެން ފަރުވާ ހޯއްދެވިއިރުވެސް އެބޭފުޅާއަށް އަބަދުވެސް ގުޅުއްވައި ރާއްޖޭގެ މަސްލަޙަތު ހިމާޔާތްކުރުމަށާއި، އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަށް ނަސޭހަތްދެއްވާކަމަށް ނިހާން ވިދާޅުވިއެވެ.

"އެމަނިކުފާނު 2018 ވަނަ އަހަރު އަރުވާލެއްވީ، ރާއްޖޭގައި ހުންނެވެން ނެތިގެން، އޭރު ބަލިހާލެއްގައި އައިޖީއެމްއެޗް ހޮސްޕިޓަލުގެ އައިސީޔޫ ގައި އޮންނަވަނިކޮށް، އެމަނިކުފާނު މައްޗައް ޙުކުމެއް ކުރީ! އެ ޙުކުމާ ގުޅިގެން ސިންގަޕޫރަށް ވަޑައިގެން، ސިންގަޕޫރަށް ފޮނުވާލީ ބޭސްވެރިކަމަށް، އަދި އެތަނުން ޖަރުމަނު ސަރުކާރުގެ އެހީތެރިކަމާއެކު ޖަރުމަނަށް ވަޑައިގެން ހުންނަވާ، ގާތްގަނޑަކަށް އަށެއްކަ މަސްދުވަސް ތެރޭގައި، އޭރުގެ ސަރުކާރުގަ އިސްކޮށް ތިބި މީހުންނަށް ހުދު އަޅުގަނޑު ހިމެނޭހެން، އަޅުގަނޑަށް ކޮންމެ ރެއަކުހެން ގުޅުއްވައި، އަޅުގަނޑުމެން އެކުވެރިވެގެން ކުރިއަށް ގެންދިއުމުގެ ވާހަކަ ދައްކަވާ"

"...ތިމަންނާ [ޤާސިމް] ބޭނުންފުޅޭ ކޮންމެ ގޮތަކުންވެސް ރާއްޖޭގެ ތަރައްޤީ ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް…"

"... އަޅުގަނޑުމެންނާ އެންމެ ފަހު ވަގުތާ ޖެހެންދެންވެސް މެސެޖު ދެއްވަމުން ގެންދެވިކަން އަޅުގަނޑު މިހިރީ ހެކިވާން…" ނިހާން ވިދާޅުވިއެވެ.

ނިހާން ވަނީ ރާއްޖެއާ ކިތަންމެ ދުރުގައި ޤާސިމް ހުންނެވި ނަމަވެސް، ރާއްޖެއަށް ތަރައްޤީ ހޯދައިދިނުމަށާއި އާ އުސްމިންތަކަކަށް ގެންދިއުމަށް ވަރަށް ބޮޑު މަސައްކަތެއް ޤާސިމް ކުރެއްވިކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ނިހާން ވަނީ އެޕާޓީގެ މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކުގެ ވާހަކަ ދައްކަވާ، އެހެން ކެނޑިޑޭޓުންގެ މެނިފެސްޓޯއާއި އެޕާޓީގެ މެނިފެސްޓޯ އަޅާކިޔުއްވުމަށް ރައްޔިތުންނަށް ގޮވާލާފައެވެ.

"މި ބޭބޭފުޅުންނާއެކުގައި މި މުހިންމު މެނިފެސްޓޯގައި ޑޮކްޓަރުންގެ ވަރުގަދަ ޓީމެއް، ޑޮކްޓަރުންނާއި، ފައިލަސޫފީންނާއި، މޫސީގާރުންނާއި މިބާވަތުގެ ހުރިހާ މީހުން މި މެނިފެސްޓޯގައި ބައިވެރިވެވަޑައިގެންނެވި" ނިހާން ވިދާޅުވިއެވެ.

"މިފަހަރުގެ ކެންޕެއިންގައި އެއްވެސް ރިޔާސީ ކެނޑިޑޭޓަކު މިވަރުގެ ވަރުގަދަ މެނިފެސްޓޯއެއް ރައްޔިތުންނާ ހަމައަކަށް ނުގެނެސްދޭ، ޝައްކެއްވެސް ނެތް ބައްލަވާ! ހުރިހާ ޕާޓީއެއްގެ މެނިފެސްޓޯ ވަކިވަކިން ހޯއްދަވައިގެން ބައްލަަވާ!"

"އަޅުގަނޑުމެންގެ ވަރަށް ބޮޑު ޓީމަކުން، މި އުފެއްދެވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ޚާއްސަ ތިން ބޭފުޅަކު މިހާރުވެސް މިތަނުން އަޅުގަނޑަށް އެބަ ފެނޭ، އަޅުގަނޑުމެންގެ ކުރީގެ ނާއިބު ރައީސް ޖިހާދު މީގެ ތެރޭގައި ހިމެނޭ، ކުރީގެ މިނިސްޓަރު އިރުތިޝާމް މީގެ ތެރޭގައި ހިމެނޭ، އަދި ޑރ. ކިނާނަތު މީގެ ތެރޭގައި ހިމެނޭ!"

"މި ބޭބޭފުޅުންނާއެކުގައި މި މުހިންމު މެނިފެސްޓޯގައި ޑޮކްޓަރުންގެ ވަރުގަދަ ޓީމެއް، ޑޮކްޓަރުންނާއި، ފައިލަސޫފީންނާއި، މޫސީގާރުންނާއި މިބާވަތުގެ ހުރިހާ މީހުން މި މެނިފެސްޓޯގައި ބައިވެރިވެވަޑައިގެންނެވި"

އަދި މީގެ އިތުރުން ކޮންމެ ރަށަކުން ހުށަހަޅާ 5 ކަމެއް މި މެނިފެސްޓޯގައި ހިމެނޭކަމަށްވެސް ނިހާން ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!