Monday, 2 November 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ޤާސިމް ކޮށްދެއްވި ކަންތައްތަކުގެ ވާހަކަ ދައްކަވަނީ ކަލަގޮވާކަށް ނޫން، ހަނދާންކޮށްދިނުމަށް: ނަހުލާ

ޤާސިމް ކޮށްދެއްވި ކަންތައްތަކުގެ ވާހަކަ ދައްކަވަނީ ކަލަގޮވާކަށް ނޫން، ހަނދާންކޮށްދިނުމަށް: ނަހުލާ

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކެނޑިޑޭޓް ޤާސިމް އިބްރާހީމްގެ ކެންޕެެއިން ދަތުރުތަކުގައި އެމަނިކުފާނު ރާއްޖެއަށާއި ރައްޔިތުންނަށް ކޮށްދެއްވާފައިވާ ކަންތައްތަކުގެ ވާހަކަ ދައްކަވަނީ ކަލަ ގޮވުމުގެ ނިޔަތުގައި ނޫންކަމަށާއި އެކަންތައްތައް ހަނދާންކޮށްދިނުމަށްކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ނަހުލާ މިހެން ވިދާޅުވީ އެޕާޓީގެ ހެންވޭރު ޖަގަހަ ހުޅުވައިދެއްވުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ.

ޖޭޕީގެ ޑެޕިއުޓީ ލީޑަރު ނަހުލާ ވިދާޅުވީ ޤާސިމް އެމޭރުމުން ވާހަކަ ދައްކަވަނީ ކަލަގޮވުމަކަށް ނޫންކަމަށާއި ހަނދާންކޮށްދިނުމަށްކަމަށެވެ. އަދި ހަނދާން ކޮށްދިނުމަކީ މުއުމިނުންގެ ސިފައެއްކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން ނަހުލާ ވިދާޅުވީ ޤައުމެއްގެ ރައްޔިތުންނާމެދު އަމަލުކުރިގޮތާމެދު ސުވާލުކުރެވޭނެ ދުވަހެއް އަންނާނެކަމަށެވެ. އަދި ނަމާދަށް އިސްކަންދިން ނަމަވެސް އެދުވަހުން ސުވާލުކުރެވޭނީ ހަމައެކަނި ނަމާދަށް ނޫންކަމަށާއި އެމީހެއްގެ ޢަމަލުތަކާއި ގުޅިގެންވެސް ސުވާލުކުރެވޭނެކަމަށް ނަހުލާ ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ޤައުމުގެ އިސްތިޤުލާލާއި މިނިވަންކަން ގެއްލިގެންދާ ހާލަތެއްގައި ވޯޓަކުން އެކަން ބަދަލުކޮށް އެހެން ގޮތެއް ހޯދުމަކީ ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއްކަމަށް ނަހުލާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ދުވަސް ކުޑަތަންވަމުން އަންނައިރު ނަހުލާ ގެންދަވަނީ ޢަމަލީ ގޮތުން ކެންޕެއިންގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެކަމަނާ މި ސަރުކާރުގެ ކެބިނެޓުގެ މިނިސްޓަރެއްގެ ގޮތުގައި ހުންނަވައިގެން، މަޤާމުން އިސްތިޢުފާ ނުދީ ކެންޕޭނުގައި އުޅުއްވާތީ އެކަމަނާއަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް