އަދިރިއަދިރިންގެ ވެރިކަމާ ހިސާބަށް ދިޔައިމަ އެންމެން ނިކުމެ ދެން ޖެހޭނީ ބާލަން: އަލީ ވަހީދު
ައަދިރިއަދިރިންގެ ވެރިކަމާ ހިސާބަށް ގައުމުގެ ވެރިކަން ދިޔުމުން އެންމެން ނިކުމެ ވެރިކަމުން އެމީހަކު ބާލަން ޖެހޭ ކަމަށް މިސަރުކާރުގެ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ރޭ ޖޭޕީގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އަލީ ވަހީދު ވިދާޅުވީ މި ސަރުކާރުން ރައްޔިތުން މަގުމަތިކޮށްފައިވާ ކަމަށެވެ. އެ ކަންތައްތަކަށް ޖަވާބު ދޭން ލިބޭ ފުރުސަތު ކަރިވަމުން އަންނަ ކަމަށާއި ބޮޑު ޕާޓީ އަކީ މިއީ ކަމަށް އަލީ ވަހީދު ވިދާޅުވިއެެވެ.
އަލީ ވަހީދު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތަކުން ކެންޕެއިނަށް މީހުން ނެރުމަކީ ވައްކަން ކުރުން ކަމަށާއި ބޮޑު ޕާޓީއަކަށް ވާނީ ހިތުގެ ރުހުމުން އިދިކޮޅުގައި އޮއްވާ މީހުން އަންނަ ޕާޓީ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އަދި އިދިކޮޅުގެ އެއް ޕާޓީ ގެ ސްލޯގަން ކަމަށްވާ "އުފާވެރި އަމާން ރާއްޖެ" އަކީ ކޮއްޗެއްތޯ އަލީ ވަހީދު ވަނީ ސުވާލުކޮށްފައެވެ.
"ކޯއްޗެއްތޯ މިތާ އުފާވެރިވީ. މިތާ އުޅޭ ހިކަންދި މީދާ ވެސް އޮތީ ދަރާފައޭ އިނގޭތޯ. އެންމެން ދަރާފައޭ ތިބީ. ދެން އަނެއްބަޔަކު މި ބުނަނީ ދިވެހީންގެ ރާއްޖެއޭ. އަޅުގަނޑުމެންގެ ޕެނެލްޓީ އޭރިއާއަށް ވަތް އިރުވެސް މިތިބީ ނިދާފައޭ އިނގޭތޯ" އަލީ ވަހީދު ވިދާޅުވިއެވެެ.
މީނަ ދައްކާ ވާހަކަ އަޑުއަހައިގެން ވޯޓުދޭން، ދިވެހިންނަކީ މެހި ކުރަފި ހޯނުތަ.
މިއަޅެކާކު ފީކުދާނެއް!
ގުދައްއޮވޭ ބާލަން ބަކަރި ކޮބާތަ ލަދުހަޔާތް މީހުން ފެލަން މޮއުޅެނީ