ޚަބަރު

ފިތުނަ އުފައްދައިގެން، ބައިބައި ކޮށްނުލެވޭނެ: ޢަބްދުއްރަޙީމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޙައްމަދު މުޢިއްޒާ ދެމެދު ފިތުނަ އުފައްދައިގެން އިދިކޮޅު ކޯލިޝަން ބައިބައިކޮށް ނުލެވޭނެ ކަމަށް ޕީއެންސީގެ ރައިސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation
އަބްދުއްރަހީމް މިގޮތަށް ވިދާޅުވީ، ރޭ ލ.ފޮނަދޫގައި އިދިކޮޅުން ބޭއްވި ރިޔާސީ ކެމްޕެއިނުގެ ޖަލްސާގައެވެ. އޭނާ މިގޮތަށް ވިދާޅުވެފައި ވަނީ، މުޢިއްޒުއަށް ރައީސް ޔާމީން ތާއީދު ނުކުރައްވާކަން ހާމަކޮށްދޭ މެސެޖެއް ދެއްވި ކަމަށް ބުނެ އޮންލައިން ނޫހެއްގައި ފެތުރި ޚަބަރަކާއި ގުޅިގެންނެވެ.
މި ޖަލްސާގައި އަބްދުއްރަޙީމް ވިދާޅުވީ ރައީސް ޔާމީން ވިދާޅުވާ ވާހަކަފުޅުތަކާއި އެމަނިކުފާ ދަންނަވާ ދެންނެވުން އެނގޭނީ ސަރުކާރަށާއި ސަރުކާރު ޕްރޮމޯޓްކުރާ ފަރާތްތަކަށް ނޫން ކަމަށާއި، އިންތިޚާބުގެ ކުރިން، ދެން އޮތް ހަ ދުވަހަކީ މި ސަރުކާރުން މިފަދަ އެތައް ވާހަކަތަކެއް ތިލަކޮށް ޕީޕީއެމާއި ޕީއެންސީ ބައިބައި ކޮށްލުމަށް މަސައްކަތް ކުރާނެ ދުވަސްތަކެއް ކަމަށެވެ.
ނަމަވެސް ކިތަންމެ ވަރަކަށް އެ މަސައްކަތް ކުރި ނަމަވެސް ލީޑަރޝިޕް ބައިބައިކޮށް އާންމު މެންބަރުން މާޔޫސްކޮށް ނުލެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން މި ކުރާ ކަމަކީ އެކި ނަންނަމުގައި ނޫސްތަކުގައި އާޓިކަލް ޖައްސަވައިގެން އެކި ވާހަކަތައް ދައްކަނީ. ރައީސް ޔާމީން ވިދާޅުވެއްޖޭ ޑރ. މުއިއްޒު އެއީ ތިމަންނާ ތާއިދުކުރާ ކެންޑިޑޭޓެއް ނޫނޭ. ރައީސް ޔާމީން ވިދާޅުވެއްޖޭ ޑރ. މުއިއްޒު މިހާރު ތިމަންނާގެ ވާހަކައެެއް ނުދައްކައޭ." އަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމްގެ ވާހަކައިގައި މުޢިއްޒުގެ ވެރިކަމެއްގައި ހައްދުންމައްޗަށް ގެންނަވާނެ ތަރައްޤީއާއި ކުރިއެރުންތަކާއި ގުޅޭގޮތުން ވެސް ވާހަކަ ދެއްކެވިއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!