ޚަބަރު ސިޔާސީ

އިންޑިއާ ފަސްޓެެއް ނޫން, ޗައިނާ ފަސްޓެއް ނޫން, މޯލްޑިވްސް ފަސްޓް: އުމަރު 

ރައުފާ ރަޝީދު ، ދެން އޮންލައިން
ރިޔާސީ ބަހުސްގެ ތެރެއިން : ފޮޓޯ: ޕީއެސްއެމް

އިންޑިއާ, ޗައިނާ ފަސްޓް ފޮލިސީއެއް ނުގެންގުޅޭނެ ކަމަށާއި އެމަނިކުފާނުގެ ސިޔާސަތަކީ މޯލްޑިވްސް ފަސްޓް ސިޔާސަތު ކަމަށް މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

Ads by STELCO

ސަންގު ޓީވީ އާއި ޕީއެސްއެމް ގުޅިގެން ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލުގައި ކުރިއަށްގެންދާ "ސަންގު ބަހުސް"ގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ މި ސަރުކާރު އައި ފަހުން ޚާރިޖީ ސިޔާސަތުގެ ކޮންޓްރޯލް ގެއްލިއްޖެ ކަމަށެވެ. އަދި، ޗާގޯސް މައްސަލައިގައި ދިވެހި ކަނޑުން ބައެއް ގެއްލުމުގައި ވެސް އިންޑިއާގެ އަތެއް އޮތް ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ.

އުމަރު ނަސީރު ވިދާޅުވީ، ފާއިތުވި ތިން ސަރުކާރުގައި ވެސް ރާއްޖޭގައި ބޭރުގެ ސިފައިން ތިބި ކަމަށާއި އެއީ، މި ފަހުން ގައުމީ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ސިޔާސަތަކީ މޯލްޑިވްސް ފަސްޓް ސިޔާސަތު ކަމަށް ވިދާޅުވިއެވެ.

" އަޅުގަނޑުގެ ސިޔާސަތަކީ އިންޑިއާ ފަސްޓެއް ވެސް ނޫން. ޗައިނާ ފަސްޓެއް ވެސް ނޫން. އަޅުގަނޑުމެންގެ ސިޔާސަތަކީ މޯލްޑިވްސް ފަސްޓް" އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން މި ސަރުކާރުން އައިސް، މިނިވަންކަން ވިއްކާލާފައިވާ ކަމަށާއި އިންޑިއާ ފަސްޓު ޕޮލިސީ އޮވެގެން، އިންޑިއާ ސިފައިން ނުބޭލޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.

Ads by Allied Insurance
  1. އުމަރު އިޒް ދަ މޭން!

    އެންމެ އިޚުލާސްތެރި އަޚުލާގު ރަގަޅު، ކެތްތެރި، ކެންޑިޑޭޓަކީ އުމަރު.