ޚަބަރު

އައިޖީއެމްއެޗްގެ ކެތު ލެބަށް ދިމާވި މައްސަލަ ޙައްލު ކުރަން ހަފްތާއެއް ނަގާނެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި، އައިޖީއެމްއެޗުގައި ހިތުގެ ބަލިތަކަށް ފަރުވާ ދިނުމަށް ޤާއިމުކޮށްފައިވާ ކެތު ލެބްގެ ހިދުމަތްތައް މެދުކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވުމުން ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

Ads by STELCO

ކެތުލެބުގެ ޚިދުމަތް މެދުކެނޑިފައި ވަނީ މިއަދުއެވެ. އައިޖީއެމްޢއެ މައްސަލަ ހައްލުކޮށް ކެތު ލެބުގެ ހިދުމަތްތައް އަލުން ފަށަން ހަފްތާއެއްހާ ދުވަސް ނަގާނެ ކަމަށެވެ.

ކެތުލެބަށް ދިމާވީ ކޮން ކަހަލަ ޓެކްނިކަލް މައްސަލައެއްކަން އެ ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.

އައިޖީއެމްއެޗުން ބުނީ ކެތު ލެބަށް ބޭނުންވާ ސާމާނާއި ތަކެތި އެބަހުރި ކަމަށާއި އެއްވެސް އެއްޗެއް ހުސްނުވާ ކަމަށެވެ.

ކެތު ލެބުގައި ހިތުގެ ބަލިތަކާ ގުޅުންހުރި މުހިއްމު ތަހުލީލުތަކާއި އޮޕަރޭޝަންތައް ކުރެއެވެ. އޭގެ ތެރޭގައި، އެބްލޭޝަން، އެންޖިއޯގްރާމް، އެންޖިއޯޕްލާސްޓީ ފަދަ ކަންކަން ހިމެނެއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!