އޭނާއަކީ ދެފުއްކެހެރި މީހެއް ނޫންކަމަށާއި ނިންމުން ގަބޫލުކޮށް އިތުރުފުޅު ހެއްދެއްވުން ހުއްޓާލެއްވުމަށް މޯލްޑިވްސް ޑިމޮކްރަޓިކް އެލަޔަންސް (އެމްޑީއޭ) ގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ޤާސިމް އިބްރާހީމަށް ގޮވައިލައްވައިފިއެވެ.
ނ. ޅޮހީގައި ބޭއްވި ޖޭޕީގެ ރިޔާސީ ކެންޕެއިން އިވެންޓެއގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވަނީ ރައީސް ޞާލިހާއެކު ކޯލިޝަނެއްގައި ހުންނެވި ސިޔާމް ރައީސް ޞާލިޙްގެ އަރިހުގައި މި ވަގުތު ހުންނެވި ނަމަވެސް، އޭނާގެ ހިތުގައި ލޯބި އޮތީ ޤާސިމަށް ކަމަށް ވިދާޅުވެފައެވެ.
އެ ވާހަކަފުޅަށް ރައްދު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ހދ އަތޮޅަށް ކުރައްވާ ކެންޕެއިން ދަތުރުގެ ތެރެއިން މަކުނުދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޤާސިމްއަށް ރައްދުދެއްވަމުން ސިޔާމް ވިދާޅުވީ ޤާސިމް ހައްދަވަނީ ހުސް އިތުރުފުޅުކަމަށާއި، ރައީސް ޞާލިޙް ދޫކުރައްވައި އެހެން ދިމާލަކަށް ވަޑައިނުގަންނަވާނެކަމަށެވެ.
"ޤާސިމްއޭ ދޮގު ތިވަރަށް ނުހައްދަވާށޭ، އަޅުގަނޑު މީ ދެފުށްކެހެރި މީހެއް ނޫން، އަޅުގަނޑު މިހުރީ ސީދާ އިބްރާހިމް މުޙައްމަދު ޞާލިޙު އަރިހުގައި" ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވަނީ އެމަނިކުފާނާއެކު ރައީސް ޞާލިޙުގެ މަސައްކަތުގައި ބައިވެރިވުމަށް ޤާސިމްއަށް ގޮވާލައްވާފައެވެ.
"ރަޙުމަތްތެރިޔާއޭ އަޅުގަނޑުމެންނާ ގުޅެން އަންނާށޭ!" ސިޔާމް ޤާސިމަށް ތަކުރާރުކޮށް ގޮވާލެއްވިއެވެ.
ސިޔާމް ސިފަކުރެއްވި ގޮތުގައި ރައީސް އަކީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ދެނެގަނެ، ވާހަކަ ދައްކައިގެން ހައްލު ގޯދަން މަސައްކަތްކުރައްވާ، އަދި މިހާތަނަށް ރާއްޖެ ދެކޭނެ އެންމެ ހިތްހެޔޮ، އޯގާތެރި ރައީސްކަމަށެވެ.
"ހިތް ފުރޭވަރަށް އެ މަނިކުފާނު ތަރައްޤީ އެބަ ކޮށްދެއްވާ، ރައްޔިތުން ބުނާ ކޮންމެ ކަމެއް އެބަ އެ މަނިކުފާނު ކޮށްދެއްވާ" ސިޔާމް ވިދާޅުވިިއެވެ.
ސިޔާމް ވިދާޅުވީ ރައީސް ޞާލިޙް ކޮށްދެއްވާފައިވާ ކަންތައްތަކަށް ރައްޔިތުން ޝުކުރުވެރިވެ ކުރިއަށް ދާންޖެހޭކަމަށެވެ.
ކަލޭ ބުނި ސޯލިހު ގައިން ފައިބަނީ މާމުއި އޭ ކަރުބުޑަށް ރަހަލާނެއޭ އިންސާނެއްގެ ައިން މާމުއި އޮހެންނާ ވިޔަފާރިކުރާ މީހުން މާމުއި އެތެރެ ކުރާކަށް ނުޖެހޭނެ ޗރ
ކަލޭތީި ފައިސާއައްޓަކައިި ކޮންމެެ ކަމެއްކުރާނެެ ދަހިވެތިި ބީތާވެފަހުރިި ގަމާރެއްް