Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ކަޅު ނުވަތަ ނޫކުލައިގެ ދެލިން ވޯޓްލާން އެންގުމުން ބޭނުންވާ ކެނޑިޑޭޓަކަށް ވޯޓް ލެވޭނެ: ޕީޕީއެމް

ކަޅު ނުވަތަ ނޫކުލައިގެ ދެލިން ވޯޓްލާން އެންގުމުން ބޭނުންވާ ކެނޑިޑޭޓަކަށް ވޯޓް ލެވޭނެ: ޕީޕީއެމް
ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނީ ކަޅު ނުވަތަ ނޫކުލައިގެ ދެލި ހިނގާ ގަލަަމަކުން އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާއި ގުޅިގެން މަޖުބޫރުކަމެއްނެތި ދެން ރައްޔިތުންނަށް އެ މީހަކު ބޭނުންވާ ކެންޑިޑޭޓަކަށް ވޯޓު ލެވޭނެކަމަށް ޕީޕީއެމުން ބުނެފިއެވެ.

ސިއްރުކަން ގެއްލިދާނެ ހާލަތުތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ސިޔާސީ ޕާޓީތަކާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މައްސަލަތަކެއް ފާހަގަކުރުމުން އީސީން އެ ނިންމި ނިންމުމަށް އިދިކޮޅު ޕީޕީއެމުން މިއަދު އެ މަރުހަބާ ކިޔާފައިވެއެވެ.

ބައެއް ކުންފުނިތަކުގެ މުވައްޒަފުންނަށް ވަކި ކުލައެއްގެ ގަލަމުން ފާހަގަ ޖަހަން ސަރުކާރުން މަޖުބޫރު ކުރަން ފަށައިފައިވާކަމަށްބުނެ ޕީޕީއެމުންވަނީ މީގެ ކުރިން އިންތިޚާބުގެ ސައްޙަކަމާމެދު ސުވާލުވެސް އުފައްދާފައެވެ.

މިއަދު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާން އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ އީސީން އެ ގެނައި ބަދަލުގެ ނަތީޖާއަކީ މިނިވަންކަމާ އެކު ވޯޓުލުމުގެ ހައްގު ކަށަވަރުވުން ކަމަށާއި ފާހަގަ ޖަހާ ކުލައިން ނުވަތަ ޖަހާ ގޮތަކުން އެއީ ކާކު ލީ ވޯޓެއްކަން މިހާރު ނޭނގޭނެ ކަމަށެވެ.

"މިހާރަކު ތިޔަބޭފުޅުންގެ ވޯޓު ދެނެގަނެވޭނެ ގޮތެއް ނޯންނާނެ. މިނިވަންކަމާ އެކު ތިޔަބޭފުޅުން ބޭނުންފުޅުވާ ކެންޑިޑޭޓަށް ވޯޓު ލައްވަވާ،" ތޮލާލް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ވޯޓުލާ ދުވަހު ބޭނުންކުރެވޭނީ ކަޅު ނުވަތަ ނޫ ކުލައިގެ އާދައިގެ ގަލަމެއް ކަމަށާއި އެ ނޫން އެހެން އެއްވެސް ކުލައެއްގެ ގަލަމަކުން ވޯޓު ކަރުދާހުގައި ފާހަގަޖަހާފައިވާ ނަމަ އެ ވޯޓެއް ބާތިލް ކުރާނެ ކަމަށް އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބުވަނީ ވިދާޅުވެފައެވެ.

"އަމިއްލަ ގަލަމެއް ހިފައިގެން އަންނަ މީހާގެ ގަލަން ޗެކްކުރާނެ އަޅުގަނޑުމެންގެ އޮފިޝަލުން. އެއީ ކޮން ކުލައެއްގެ ގަލަމެއްތޯ އެއީ އާދައިގެ ގަލަމެއްތޯ. އެގޮތަށް ޗެކް ކުރާއިރު އެއީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް ނޫން ކަމަށްވަންޏާ އެ ގަލަމެއް ވޯޓުލާ މަރުކަޒަކަށް ނުވެއްދޭނެ،" ހަބީބް ވިދާޅުވި އެވެ.

މީގެ އިތުރުން ވަކިވަކި މީހުންނަށް ވަކި ކުލައެއްގެ ގަލަމަކުން ވޯޓު ކަރުދާސްކޮޅުގައި ފާހަގަ ލާން އަންގާ މައްސަލަ ފާހަގަވެފައި ވަނީ މި ފަހުން ބޭއްވި ބައި އިލެކްޝަންތަކުގައި ކަމަށާއި އެ އިންތިޚާބުތަކުގައި ބައެއް މީހުން އެގޮތަށް އަންގާފައިވާ ކަމުގެ މައްސަލަ ވޯޓުލާން ދާން މީހުން ކޮމިޝަންގެ އޮފިޝަލުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށްވެސް ހަބީބް ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް