ޚަބަރު ސިޔާސީ

ރައީސް ޞާލިޙަކީ ދުރޫސުލް އަޚްލާޤުގެ އެންމެ މަތީގައި ހުންނެވި ބޭފުޅެއް: ސިޔާމް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
ކުޅުދުއްފުށީ ސިޓީގައި ބޭއްވި ރައީސް ޞާލިޙްގެ ކެންޕެއިން ޖަލްސާގައި ސިޔާމް ވާހަކަ ދައްކަވަނީ، ފޮޓޯ: އެމްޑީޕީ

ރިޔާސީ އިންތިޚާބުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ ދުރޫސުލް އަޚްލާޤުގެ އެންމެ މަތީގައި ހުންނެވި ބޭފުޅެއްކަމަށް ރައީސްގެ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ޑިމޮކްރަޓިކް އެލަޔަންސް (އެމްޑީއޭ) ގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ކުޅުދުއްފުށި ސިޓީގައި ރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ މިއަދާހަމައަށް އެކި ރައީސުންނާއެކު މަސައްކަތްކުރެވިފައިވާކަމަށާއި ނަމަވެސް ރައީސް ޞާލިޙަކީ އެބޭފުޅާ ދުއް އެންމެ އަޚްލާޤު ރަނގަޅު ރައީސްކަމަށެވެ. އެގޮތުން ރައީސްއަކީ ދުވަހަކުވެސް ރުޅި އިސްކުރައްވާ ބޭފުޅެއް ނޫންކަމަށާއި، ހަޑިހުތުރު ބަސް ބޭނުން ނުކުރައްވާކަމަށާއި، ސިޔާސީ އެހެން ޕާޓީތަކުން ރައީސްއަށް ނިސްބަތްކުރައްވާ އެއްޗެހި ކިޔާއިރުވެސް ރައްދުގައި އެއްވެސް އެއްޗެއް ވިދާޅުނުވާކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ވެރިކަމަށް ކުރިމަތިލާ މީހެއްގެ ހުންނަންޖެހޭ އެންމެ މުހިއްމު ސިފައަކީ އެމީހެއްގެ އަޚްލާޤުކަމުގައި ސިފަކުރައްވާފައެވެ. އަދި އެއީ ހަމައެކަނި ވެރިކަމަށް ކުރިމަތިލާ މީހެއްގެ ހުންނަންޖެހޭ ސިފައެއް ނޫންކަމަށާއި، ވިޔަފާރިވެރިއެއް ނުވަތަ ސިޔާސީ ވެރިއެއްގެވެސް އެ ސިފަ ހުންނަންޖެހޭނެކަމަށް ސިޔާމް ވިދާޅުވިއެވެ.

ކުޅުއްފުށީ ސިޓީގައި ބޭއްވި ޖަލްސާގެ ތެރެއިން، ފޮޓޯ: އެމްޑީޕީ

ކުޅުދުއްފުށީގެ ގިނަ ރައްޔިތުންނެއް ބައިވެރިވި މި ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ ރައީސް ޞާލިޙާއެކު ކޯލިޝަން ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ ރައްޔިތުންނަކީ ފުދުއްންތެރި، އުފާވެރި ގޮތެއްގައި ދިރިއުޅެމުންދާ ބައެއްކަމުގައި ހެދުންކަމަށެވެ.

"އަޅުގަނޑެއް ނާހާނަން ރައީސުލްޖުމްހޫރިއްޔާ ކައިރި އަޅުގަނޑު ރިސޯޓެއް ހަދާކަށް ރަށް ދޭށެކޭއެއް، އަޅުގަނޑެއް ނާހާނަން ރައީސުލްޖުމްހޫރިއްޔާ ކައިރި އަޅުގަނޑަށް ލެގޫނެއް ދޭށެކޭއެއް. އަޅުގަނޑެއް ނާހަނަން ރައީސުލްޖުމްހޫރިއްޔާ ކައިރިއަކު އަޅުގަނޑަށް ނުޙައްޤުން މިވެނިކަމެއް ކޮށްދޭށެކޭއެއް، އެހެން ރައްޔިތުންނަށް ކޮށްދޭ ކަންތައްތައް އަޅުގަނޑަށް ކޮށްދިނީމަ ނިމުނީ ހަމައިގެ މަތިން" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ އެބޭފުޅާއަށް ބޭނުންވާ ކަންކަން ﷲ ވަނީ މިންވަރުކޮށްދެއްވާފައިކަމަށާއި އެބޭފުޅާއަކީ ފުދިފައި ހުންނެވި ބޭފުޅެއްކަމަށެވެ.

"މާތްﷲ ސުބްހާނަހޫ ވަތައާލާ އެންމެންގެ ހިތްތައް މޮޅަށް ދެނެވޮޑިގެންވޭ. ކާމިޔާބު ލިބިގެންދާނީ އެ މީހާގެ ހިތުގައި އެންމެ ތެދުވެރިކަމާއި އަމާނާތްތެެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްދޭ ބަޔަކަށް" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވަނީ ހަނިމާދޫ އާއި މާފަރުގައި އޮންނަ އެއާޕޯޓު ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކޮށް ނިމުމުން އެތައް ގުނައެއް މި ސަރަޙައްދު ކުރިއަރާނެކަމަށާއި 3 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލްވެވޭކަމަށެވެ.

Ads by HDC
  1. ޢަޒްރާ

    ދުރޫސުލް އަޚްލާގަކީ އިންސާނުން ގައިަ ހުންނަ ގައިން ފައިބާ މާމުއި ބުއިންތަ އެހެންވިއްޔާ ތިކަމެއްނުވާނެ އަކޚްލާގުގެ ވާހަކަ ނުދައްކާ