ޚަބަރު ސިޔާސީ

ޕީޕީއެމްއަކީ މާޒީ، އެދެނީ ފާރިސްއަށް ވޯޓުދެއްވުމަށް: މައުމޫން

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ޕީޕީއެމް އަކީ ރައީސް މައުމޫން އަބްދުލްޤައްޔޫމުގެ މާޒީ ކަމަށާއި ދިވެހި ރައްޔިތުން މިފަހަރު ވޯޓުދޭންވީ އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނަށް ކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރެއިން މިރޭ ބޭއްވި އިވެންޓެއްގައި އޮންލައިން ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި މައުމޫން ވިދާޅުވީ، ފާރިސް އަކީ އަމާނާތްތެރި އަދި ތައުލީމީ ގާބިލުކަން ހުރި ކެންޑިޑޭޓެއް ކަމަށާއި ރައީސްކަމުގެ ވާޖިބުތައް އަދާކުރެވޭވަރުގެ ގާބިލުކަން ފާރިސްގެ ކިބައިގައި ހުރި ކަމަށެވެ. އެހެންކަމުން އެމަނިކުފާނު އެދިލައްވަނީ ރައްޔިތުން ފާރިސް އަށް ވޯޓުދެއްވުމަށެވެ.

މީގެ އިތުރުން، ރައީސް މައުމޫނު އިސްވެ ހުންނަވައިގެން އުފެއްދި ޕީޕީއެމްއިން މިއަހަރުގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއް ނެރުމަށް ހިނގައި ދިޔަ ދެބަސްވުންތަކާއެކު ކެންޑިޑޭޓެއް ނުނެރެން ނިންމި ނިންމުމާ ގުޅޭ ގޮތުންނާއި ޕީޕީއެމް/ޕީއެންސީ ސަރުކާރެއްގައި އެމަނިކުފާނު ޖަލުގައި ގިނަ ދުވަސްތަކެއް ހުންނަވަން ޖެހުމާއިއެކު ޑރ. މުއިއްޒުއާމެދު ދެކެވަޑައިގަންނަވާގޮތް އެއްސެވުމުން އެމަނިކުފާނު ވިދާޅުވީ އެއީ މާޒީ ކަމަށާއި އެ ޕާޓީ ތެރޭގައި ހިނގާ އެއްވެސް ކަމެއް އެމަނިކުފާނު ނުބައްލަވާކަމަށެވެ.

"އަޅުގަނޑު ޕީޕީއެމްއާ ނުބެހެމޭ. އެމީހުން ކުރާކަމެއް ނޭނގޭ. އެއީ މާޒީ... ދިޔަ ދުވަސްތައް ދިޔައީ ދެއްތޯ. ކުރިއަށް އޮތް ތަނުގައި އެމީހުން އައިސް ދެން އެހެން ހަދާނެޔެކޭ ދަންނަވާކަށް ނޭނގޭ. ވިއްޔާ ވީ، ނުވިއްޔާ ނުވީދޯ. ކަމެއްވީމަ އެނގޭނީ އެކަމާ ދޭތެރެ އެއްޗެއް ބުނަން. ކުރިއަށްވާނެގޮތް ބުނާކަށް ނޭނގޭނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.

އަދި ޕީޕީއެމް އަށް ވެރިކަން ލިބިއްޖެނަމަ ވާނޭގޮތް ދަންނަވަން އެނގިނުލައްވާ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

  1. ރަސީދު ފޭދޫ

    އަސްލުވެސް މައުމޫނު އަބުދުލްގައްޔޫމަކީ މިގައުމައް ހެވެއްއެދޭ މީހެއް ނޫން އަމިއްލައެދުމުންފޯވެފައިވާމީހެއްރައްޔަތުންވިސްނާތި މީނަޔައް