ޚަބަރު ސިޔާސީ

ރައީސް މައުމޫނުގެ ވެރިކަމުގައި ބަޔަކަށް އަނިޔާ ލިބުނުކަން ޤަބޫލުކުރަން, މައާފަށް އެދެން: ފާރިސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބަޔަކަށް އަނިޔާތަކެއް ލިބި ހިތާމަތަކެއް ލިބުނުކަން އެއީ ހަގީގަތެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެ ދަރިކަލުން އަދި އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ފާރިސް މައުމޫން މައާފަށް އެދިވަޑައިގެންފިއެވެ.

Ads by Hajj Corporation

ފާރިސް ރޭ އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ މައުމޫންގެ ވެރިކަން ކުރެއްވި ދުވަސްވަރު ރައްޔިތުންގެ ތެރެއިން ބަޔަކަށް އަނިޔާތަކެއް ލިބި އަދި ހިތާމަތަކެއް މެދުވެރިވެފައިވާ ކަމަށް ގަބޫލުކުރާ ކަމަށާއި އަދި އެ ހިތާމައިގައި އަދިވެސް ބަޔަކު ތިބި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަދި އެކަން ދޮގު ނުކުރައްވާ ކަމަށާއި "އަޅުގަނޑު މިކަމަށްޓަކާ ތިބޭފުޅުން އަރިހުން ނިހާޔަތަށް މައާފަށް އެދެން،" ކަމަށް ފާރިސް ވިދާޅުވިއެވެ.

ދާދި ފަހުން އޮންލައިން މީޑީއާއަކުން މިކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ފާރިސް ވަނީ ރައީސް މައުމޫނުގެ ވެރިކަމުގައި އެފަދަ ކަންތައްތަކެއް ނުހިނގާކަމަށް ބުނެފައެވެ. މިކަމާއި ގޫޅޭގޮތުން ފާރިސް ވިދާޅުވީ އެ ވާހަކަތަކުގެ ސަބަބުން އަނިޔާ ލިބުނު މީހުންގެ ހިތާމަ އިތުރުވެގެން ދިޔަ ކަމަށާއި އެކަމަށް ވެސް މައާފަށް އެދޭ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!