Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރާއްޖެ އަކީ އިންޑިއާގެ ސްޓޭޓަކަށް ވުމަށް ނޭދޭނަމަ، މުއިއްޒުއަށް ވޯޓު ދެއްވާ: އަބްދުއްރަހީމް

ރާއްޖެ އަކީ އިންޑިއާގެ ސްޓޭޓަކަށް ވުމަށް ނޭދޭނަމަ، މުއިއްޒުއަށް ވޯޓު ދެއްވާ: އަބްދުއްރަހީމް

ދިވެހިރާއްޖެ އަކީ އިންޑިއާގެ ސްޓޭޓަކަށް ވުމަށް ނޭދޭނަމަ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒުއަށް ވޯޓު ދިނުމަށް ޕީއެންސީގެ ރައީީސް އަބްދުއްރަހީމް ގޮވައިލައްވައިފިއެވެ.

މުޢިއްޒުގެ ރިޔާސީ ކެމްޕެއިނުގައި، ރޭ ކ.ތުލުސްދޫގައި ދެއްކެވި ވާހަކައިގައި ޢަބްދުއްރަޙީމް ވަނީ އެމްޑީޕީގެ ވެރިކަންތަކުން ރައްޔިތުންނަށް ވެފައިވާ ފައިދާއެއް ނެތް ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ޤައުމުގެ މިނިވަންކަން ދިފާއުކޮށް، އިދިކޮޅު ލީޑަރު، ރައީީސް ޔާމީން މިނިވަން ކުރަން ބޭނުންނަމަ، ވޯޓު ދޭން ޖެހޭނީ ރައީސް ޔާމީނަށެވެ.
"ދިވެހިރާއްޖެ އަކީ، ދިވެހީންގެ ރާއްޖެއެއްގެ ގޮތުގައި އޮންނަން، ދިވެހިވަންތަ ސިފަތައް ހުރި ރާއްޖެއެއްގެ ގޮތުގައި އޮންނަން،  އިސްލާމީ ގައުމެއްގެ ގޮތުގައި މި ގައުމު އޮންނަން ބޭނުންވާ، އިސްލާމީ އުސޫލުތަކަށް ތަބާވާ ރައްޔިތަކު ތިބިކަމަށް ވަންޏާ، މި އަންނަ ހޮނިހިރު ދުވަހު ނުކުމެވަޑައިގެން، ކެންޑިޑޭޓް ނަމްބަރު ހަތަރަކަށް ވޯޓު ދެއްވާށޭ." އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، އަމާނާތްތެރިކަމާއި އޯގާތެރިކަމާއިއެކުގައި ދިވެހި ރައްޔިތުންނަށް ވެރިކަމެއް ކޮށްދެއްވާނެ ވެރިޔަކު ބޭނުންވާނަމަ ވެސް ރައްޔިތުން ނުކުމެ، ވޯޓު ދެއްވަންވީ މުއިއްޒުއަށް ކަމަށެވެ.  

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް