ޚަބަރު ސިޔާސީ

މި ސަރުކާރުން ކޮށް އުޅެނީ ރައްޔިތުންނަށް އަނިޔާވެރިވެގެން ކުރާ ވެރިކަމެއް، އެއަށް ކިޔަނީ ޑިކްޓޭޓާޝިޕް: އަމްރު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ކޮށް އުޅެނީ ރައްޔިތުންނަށް އަނިޔާވެރިވެގެން ކުރާ ވެރިކަމެއް ކަމަށާއި، އެއަށް ކިޔަނީ ޑިކްޓޭޓާޝިޕްކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ރަނިންމޭޓް ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބުގެ ކެމްޕޭނުގެ ފަހު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަމްރު ވިދާޅުވީ މީހަކާ ކަމެއް ހަވާލުކުރާއިރު އެމީހަކު ކަންކޮށްފައި ހުރި ގޮތަކާއި ކަންކަން ކުރާގޮތެއް ބަލާފައި ނޫނީ ކަންކަން ހަވާލުކުރާކަށް ނުވާނެކަމަށާއި ރާއްޖޭގައިވެސް އަދި އެހެން ތަންތަނުގައިވެސް ވެރިކަން ކުރަމުންދާއިރު ދެވައްތަރެއްގެ ވެރިކަން ކުރާކަމަށެވެ.

އެގޮތުން އެއް ވައްތަރަކީ ރައްޔިތުންނަށް ކަންކަން ކޮށްދީ ރައްޔިތުން ތަނަވަސްކޮށްދީ ރައްޔިތުންނަށް އިންސާފު ހޯދައިދީގެން ކުރާ ކަހަލަ ވެރިކަމެއްކަމަށާއި، އެކަންކަން ކޮށްދިނީމައި ރައްޔިތުން ހެޔޮހިތުން ނުކުމެ ފާހަގަޖަހައިގެން ވޯޓު ހޯދައިގެން އަންނަ ވެރިކަމެއްކަމަށާއި، އެއަށް ކިޔަނީ ހެޔޮ ވެރިކަންކަމަށެވެ.

އަދި 2008 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާ ހަމައަށް ހެޔޮ ވެރިކަމެއް ފެނުނުކަމަށާއި އެއީ ރައީސް ނަޝީދުގެ ވެރިކަންކަމަށް ފާހަގަކުރައްވަމުން އަމްރު ވިދާޅުވީ ރައްޔިތުންނަށް އެ އިތުބާރު ލިބިފައި އެބަހުރިކަމަށާއި، އެމްޑީޕީއަށް ސަޕޯޓެއް ލިބޭނަމަ އެ ލިބެނީ އެ އިތުބާރުގެ މައްޗަށް ބިނާކޮށް ކަމަށް އަމްރު ވިދާޅުވިއެވެ.

"ދެވަނަ ވައްތަރަކީ ރައްޔިތުން ވަރަށްބޮޑަށް ނިކަމެތިކޮށް، ވަރަށް ބޮޑަށް އަޅުވެތިކޮށް ރައްޔިތުންނަށް އަނިޔާވެރިވެގެން ކުރާ ޒާތުގެ ވެރިކަމެއް. އެއަށް ކިޔާ އުޅެނީ ޑިކްޓޭޓަރޝިޕް. މިހާރު ރާއްޖޭގައި ފެނިގެން މިދަނީ އެކަހަލަ ވެރިކަމެއް" އަމްރު ވިދާޅުވިއެވެ.

އެހެންކަމުން ދިވެހިން ވަރަށް ބޮޑަށް ވިސްނަންޖެހޭކަމަށާއި، ރާއްޖޭގައި މި ހިނގާ ކަންކަމާ ދޭތެރޭ ފުންކޮށް ވިސްނެވުމަށް އަމްރު އެދިވަޑައިގަތެވެ.

ހަމައެއާއެކު ޑިމޮކްރެޓްސްއަކީ ތަޞައްވުރަކާއެކު މަސައްކަތްކުރާ ބައެއްކަމަށާއި އެބޭފުޅުންނަކީ ހިސާބު ޖައްސަވައިގެން މަސައްކަތްކުރައްވާ ބޭފުޅުންތަކެއްކަމަށް ފާހަގަކުރައްވަމުން އަމްރު ވިދާޅުވީ ރައްޔިތުންގެ ގާތަށް ގޮސް ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުވައި އެކަންކަމުގެ މައްޗަށް ސިޔާސަތު ހަދާކަމަށާއި ޑިމޮކްރެޓްސްއަކީ އެ ސިޔާސަތުގެ މައްޗަށް ވައުދުވެ އަދި އެ ވައުދު ފުއްދާ ބައެއްކަމަށެވެ.

Ads by Ooredoo
  1. އިއްބެ

    އަމްރުއަށްރައްޔިތުންނަށްކޮއްދެވުނީކޮންކަމެއް24ގަޑިއިރަށްބޭސްފިހާރައަށް2ފާމަސިސްޓހަމަނުކުރެވުނުމީހެއް