ޚަބަރު ސިޔާސީ

އައްޑޫއިން %65 ލިބިއްޖެނަމަ ފުޓުބޯޅަ މުބާރާތެއް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
ރޭ އެމްޑީޕީން އައްޑޫގައި ބޭއްވި ޖަލްސާގައި ސިޔާމް ވާހަކަ ދައްކަވަނީ، ފޮޓޯ: އެމްޑީޕީ

މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގެ ވޯޓުގައި އައްޑޫ އަތޮޅުން 65 އިންސައްތަ ރައީސް އިބްރާހިމް މުޙައްމަދު ޞާހިޙުއަށް ދެއްވައިފިނަމަ "ސަން ސިޔާމް ފުޓުބޯޅަ މުބާރާތް" އައްޑޫގައި ބާއްވައިދޭނެކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ރައީސް އަދި ކޯލިޝަން ޕާޓްނަރު އަޙްމަދު ސިޔާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އައްޑޫ ސިޓީގައި ރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ އެ ސިޓީގައި ފުޓުބޯޅަ މުބާރާތް ބޭއްވުމަށް ވަރަށް ގިނަ ރައްޔިތުން އެދިފައިވާކަމަށާއި، އެ މުބާރާތް ބާއްވަން ބޭނުންނަމަ މުޅި އައްޑޫގެ 65 އިންސައްތަ ވޯޓު ރައީސްއަށް ދެއްވުމަށް ސިޔާމް ވަނީ އެދިވަޑައިގެންފައެވެ.

"އަޅުގަނޑު ހަމަ ވަރަށް އިޙްތިރާމާ އެއްކޮށް، ލޯތްބާއެކު މި ދަންނަވަނީ އިބްރާހިމް މުޙައްމަދު ޞާލިޙު ތި ބޭފުޅުން 65 ޕަސެންޓުން ހޮވައިދީފިކަމަށްވަންޏާ، އަޅުގަނޑު އިރާދަކުރެއްވިއްޔާ ސަން ސިޔާމް މުބާރާތް ތިޔަ ބޭފުޅުންނަށް ބާއްވައިދޭނަން" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވަނީ ނ. އަތޮޅުން ރައީސް ޞާލިޙުއަށް މެޖޯރިޓީ ލިބިއްޖެނަމަ ނ. އަތޮޅުގައި ފުޓުބޯޅަ މުބާރާތް ބައްވައިދޭކަމަށްވެސް ބުނެފައެވެ.

އެންމެ ފަހުން ސަން ސިޔާމް ފުޓުބޯޅަ މުބާރާތް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކުރިންނެވެ. އެ މުބާރާތަކީ މިހާތަނަށް ބޭއްވުނު އެންމެ އަގު ބޮޑު ފުޓުބޯޅަ މުބާރާތެވެ. އެގޮތުން މުބާރާތުން މޮޅުވި ޓީމަށް 600،000 ރުފިޔާގެ ފައިސާގެ އިނާމެއްވަނީ ދީފައެވެ.

ސަން ސިޔާމް ފުޓުބޯޅަ މުބާރާތް މީގެ ކުރިން ބާއްވާފައިވަނީ "ސިޔާމް މައުރޫފް ސޮކާ ކަޕް" ގެ ނަމުގައެވެ. އެއީ ސިޔާމް އާއި ނ. ކެނދިކުޅުދޫ ދާއިރާގެ މެންބަރު ޢަލީ މަޢުރޫފް އިސްނަންގަވައިގެން ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބޭއްވި މުބާރާތެކެވެ.

Ads by HDC
  1. ކޮޔާ

    ބަނގު ފުޅިއެއް ދޭނީ ވޯޓް ގިނައިން ލިބުނީމަ ކަލެ އެހެން ނުބުނީ ކީއްވެ

  2. ގަލަން

    ތާކުންތާކު ނުޖެހޭކަންތަކުގެ ވާހަކަ ރަތްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަގަޅުކޮއްފޭވާހަކައެއް ނުދައްކާ ކާބޯތަކެތި އެހާ އަގުބޮޑު. ފުޓުބޯޅަ މުބާރާތުގެ ވާހަކަ އެދައްކަނީ ކީކޭބުނާނީ ރަތްޔިތުން މިތެބެނީ ހާލުގަ ސިޔާސީ މީހުން މުއްސަދިވަނީ

  3. ލަބީޤް މުޙައްމަދު މާހިދު، މ. މަނަދޫވިއު

    ފުޓުބޯޅައޭ ކިޔައިގެން ޕާޓީއަށް މީހުން ވައްދާ ބޭފުޅެއް މިއީ. މިގޮތަށް ފުޓުބޯޅަ މުބާރާތް ބާއްވައިގެން މުޅި ނ. އަތޮޅު ހަލާކުކޮށްފި.

  4. ކިއެއްވެތޭ

    ދެން ކިއެއްވެތޭ އުތުރު ތިލަފަޅު އެއްބަސްވުން ނުދެއްކިގެން އުޅެނީ ދެން އިއްޔެ އެ ލީކްވި ސިޓީގެ ވެސް އަސްލު އަދި ހާމަވާ ތަން ވެސް އަންނާނެއޭ ކުރީ ސަރުކާރުން ފޮނުވާލަން ނިންމާފައިވާ ހެލިކޮޕްޓަރު ގަނޑު ތައް ކިއެއްވެތޭ ނުފޮނުވާލެވިގެން އުޅެނީ ހަނިމާދޫ އެއާރޕޯރޓް އެއްބަސްވުން ނުދެއްކިގެން އުޅެނީ ކއިެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ ކިއެއްވެތޭ