ޚަބަރު ސިޔާސީ

ޤާސިމްގެ ކެމްޕޭން ނިންމަވާލައްވަން ހަމަޖެހިފައިވަނީ ހިނގާލުމަކުން، ވަރަށް މުހިންމު ތަޤްރީރެއްވެސް ދެއްވާނެ: އަލީ ވަހީދު

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: ޖޭޕީ

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމްގެ ކެމްޕޭންގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުގައި މިއަދު އޮންނާނީ ހިނގާލުމެއްކަމަށާއި އެ ހަރަކާތުގައި ޤާސިމް ވަރަށް މުހިންމު ތަޤްރީރެއް ދެއްވާނެކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ އިންތިޚާބީ އެޖެންޓު އަދި މި ސަރުކާރުގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފާޑު ވިދާޅުވެއްޖެއެވެ.

Ads by MWSC

އަލީ ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ހަވީރު ބާއްވާ އެ ހިނގާލުން ފެށޭނީ އާޓިފިޝަލް ބީޗް ސަރަހައްދުން ކަމަށާއި މަޖީދީ މަގުން ވަޑައިގެން އައިސް 6 ޖަހަންވާއިރަށް އެ ހިނގާލުން ނިންމާލާނީ ކުނޫޒު ކައިރިއަށްކަމަށެވެ.

މި ހިނގާލުމުގައި މަޖީދީ މަގުގެ ތިން ސަރަހައްދެއްގައި އެ ޕާޓީން މަޑުކުރައްވަން ހަމަޖެހިފައިވާއިރު އެ ޕާޓީގެ ލީޑަރު ދިވެހި ގައުމާ މުހާތަބްކޮށް މި އިންތިހާބުގަ ދެއްވާ ފަހު ސްޕީޗް ދެއްވާނެކަމަށް ފާހަގަކުރައްވަމުން އަލީ ވަހީދު ވަނީ ޤާސިމަށް ހެޔޮއެދިލައްވާ ހުރިހާ ފަރާތްތަކުން އެ ސުލްހަވެރި ހިނގާލުމުގައި ޤާސިމް މިގައުމަށް މިކޮށްދެއްވި އަގުހުރި ހިދުމަތުގެ އަގުވަޒަން ކުރައްވުމަށް އެ ހިނގާލުމުގައި ބައިވެރިވެވަޑައިގެންނެވުމަށް އެދިވަޑައިގަންނަވާފައެވެ.

އަދި މިއަދު ޤާސިމް ދެއްވާނީ އެމަނިކުފާނު ދެއްވާނެ އެންމެ މުހިންމު އެއް ތަޤްރީރުކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!