Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

ރަސްދޫއިން އޮފިޝަލް ވަކިކުރީ ވަކި ސިޔާސީ ޕާޓީއަކަށް ތާއީދުކޮށްގެން

ރަސްދޫއިން އޮފިޝަލް ވަކިކުރީ ވަކި ސިޔާސީ ޕާޓީއަކަށް ތާއީދުކޮށްގެން

ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނިކޮށް އއ. ރަސްދޫގެ ވޯޓު ފޮށީގެ 2 އޮފިޝަލުން ވަކިކުރީ ވަކި ސިޔާސީ ޕާޓީއަކަށް ތާއީދުކުރުމަށް މަސައްކަތްކޮށްފައިވާތީ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ސެކެޓްރީ ޖެނެރަލް ޙަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.

އީސީއިން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒަކަރިއްޔާ ވިދާޅުވީ އއ. ރަސްދޫގައި މިއަދު ވޯޓުލުން ކުރިއަށްދިޔަ ވަގުތު އެ ވޯޓު ފޮށްޓަށް ހަމަޖައްސާފައިވާ 2 އޮފިޝަލަކު، ވަކި ރިޔާސީ ކެނޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން މަސައްކަތްކޮށްފައިވާކަމަށާއި އެއީ އޮފިޝަލުންގެ އިޤުރާރުގައި މަނާކަމެއްކަން ސާފުކޮށް ބަޔާންކޮށްފައި ވާނެކަމަށެވެ.

އެހެންކަމުން މި 2 އޮފިޝަލުން އިޤުރާރާއި ޚިލާފްވީކަމަށް ނިންމައި، މަޤާމުން ވަކިކޮށްފައިވާނެކަމަށާއި، މި ވޯޓު ފޮށްޓަށް ހަމަޖައްސާފައިވާ ރިޒާވް އޮފިޝަލުން މަސައްކަތަށް ނެރެ، ވޯޓުލުން ކުރިއަށް ގެންގޮސްފައިވާކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ވޯޓުލާ މަރުކަޒުގައި ހިނގައިދިޔަ ހަމަނުޖެހުމަކީ، އޮފިޝަލުން ބޭރުކުރުމުން ހިނގައިދިޔަ ހަމަނުޖެހުމެއްކަމަށް ޒަކަރިއްޔާ ފާހަގަކުރައްވާފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް