Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

އިންތިޚާބު ކާމިޔާބު ކުރުމަށް އެމްޑީޕީން މަޝްވަރާ ނުކުރާނެ ބަޔަކު ނުތިބޭނެ: މާރިޔާ

އިންތިޚާބު ކާމިޔާބު ކުރުމަށް އެމްޑީޕީން މަޝްވަރާ ނުކުރާނެ ބަޔަކު ނުތިބޭނެ: މާރިޔާ

އިންތިޚާބު ކާމިޔާބު ކުރުމަށް އެމްޑީޕީން މަޝްވަރާ ނުކުރާނެ ބަޔަކު ނުތިބޭނެ ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ އިންތީޚާބުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ލިބުނު ނަތީޖާއަށް ވަރަށް ބޮޑަށް ވިސްނާނެ ކަމަށާއި ދެވަނަ ބުރުގައި ނިކުންނާނީ ގަދަކޮށް ކަމަށެވެ.

އަދި އެމްޑީޕީން ތިބޭނީ މަޝްވަރާތަކަށް އަބަދުވެސް ތައްޔާރަށް ކަމަށާއި އެއީ އަބަދުވެސް އެޕާޓީން ބުނަމުން އައި ވާހަކައެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

މާރިޔާ މިފަދައިން ވިދާޅުވެފައިވާއިރު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިޙް ރޭ ވިދާޅުވީ އިދިކޮޅު ޕީޕީއެމް-ޕީއެންސީން ވެސް ކޯލިޝަން ހެދުމަށް މަސައްކަތްކުރާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި އެމްޑީޕީންވެސް ކޯލިޝަން ހެދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 84،805 ވޯޓެވެ. އެއީ 39.04 އިންސައްތައެވެ. އަދި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 100،342 ވޯޓެވެ. އެއީ 46.19 އިންސައްތައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް