ޚަބަރު ސިޔާސީ

މިއީ ސިޔާސީ ހަޔާތުގަ ލިބުނު އެންމެ ހައިރާންކަން ބޮޑު ނަތީޖާ: މަހްލޫފް 

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއީ ސިޔާސީ ހަޔާތުގަ ލިބުނު އެންމެ ހައިރާންކަން ބޮޑު ނަތީޖާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަހްލޫފް ވިދާޅުވީ މިނަތީޖާއަކީ ސިޔާސީ ހަޔާތުގައި އޭނާއަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނު ފަހަރު ކަމަށެވެ.

‏އަދި މި މިހަގީގަތް ގަބޫލުކޮށް, ހަޖަމުކޮށްގެން، ހެދިފައިހުރި ގޯސްތައް ރަނގަޅުކޮށް ދެވަނަ ބުރުގައި ރައީސް ޞާލިޙަށް މި އިންތިޚާބު ކާމިޔާބުކުރެވޭނެ ކަމަށާއި 2008 ވަނަ އަހަރުގެ ފުރަތަމަ ބުރުގައި ރައީސް މަޢުމޫން 45 އިންސައްތް ހޯއްދެވިއިރު ދެވަނަ ބުރު ކާމިޔާބުކުރެއްވީ ފުރަތަމަ ބުރުގައި 25އިންސައްތް ހޯއްދެވި ރައީސް ނަޝީދު ކަަމަށް މަހްލޫފް ވިދާޅުވިއެވެ.

‏"2013 ގެ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ނަޝީދު 47 އިންސައްތަ ހޯއްދަވާފައިވަނިކޮށް ފަހަތުން އަރާ ދެވަނަ ބުރު ކާމިޔާބުކުރެއްވީ ފުރަތަމަ ބުރުގައި 25 އިންސައްތަ ހޯއްދެވީ ރައީސް ޔާމީން" މަހްލޫފް ވިދާޅުވިއެވެ.

‏ތާރީޙުގައި ކަންހިނގާފައި އޮތްގޮތަށް ބަލާއިރު ދެވަނަ ބުރު ރައީސް ޞާލިޙަށް ކާމިޔާބު ކުރެވޭނެ ކަމަށާއި ގަދައަޅާ މަސައްކަތްކުރުމަށް މަހްލޫފް ވަނީ ގޮވާލާފައެވެ.

Ads by Ooredoo
  1. ރަދީފްއޮފިޝިއަލް

    2008ގެ ހާލަތާއި މިއަދުގެ ހާލަތު ވަރަށް ތަފާތު.އިންޝާﷲ މިފަހަރު އެމްޑީޕީ ބަލިވާނެ.މިނިސްޓަރުގެ ގޮނޑި ގެއްލޭނެ.އާމީން.

    • 2008ގެ ހާލަތާއި މިއަދުގެ ހާލަތު ވަރަށް ތަފާތު.އިންޝާﷲ މިފަހަރު އެމްޑީޕީ ބަލިވާނެ.މިނިސްޓަރުގެ ގޮނޑި ގެއްލޭނެ.އާމީން.

    • ހައިދަރު

      އިންޝާއަށްޟާހްأمين

  2. ހާދަ ބޮޑު ބީތާއެކޭ. ތާރީހުގައި ބުނެފައިވާ ގޮތައް ކަންތާނަމަ ސޯލިހު ބައްޔެއް ނޫންތަ ވޤނަޖެހެނީ. ތާރީޚު ދައްކާފައިވާނީ އަންމުކޮށް ފުރަތަމަ ބުރުގަ ވެރިކަމުގަ ހުންނަ މީހަކު ގިނައިން ވޯޓު ނަގާކަމާއި ނަމަވެސް ދެވަނަ ބުރުގަ ވެރިކަމުގަ ހުންނަ މީހަކު ބަލިވާކަން.
    މިފަހަރު ފުރަތަމަ ބުރުވެސް ތިދިޔަކީ ވެރިކަމުގަ ހުރެމެ، ނުފޫޒު އޮވރމެ، ރިޝްވަތު އޮވެމެ، ލަތުވެތި ގޮތަކަށް.

  3. މުހައްމަދު އަހްމަދު

    މުޅިގައުގައި ރިޝްވަތު ފާޅުގައި އާއްމުކުރި އިރު ހެއްދެވި ފަރާތެއްވާކަންވެސްމިމީހުނަކަށްނޭގުނު

  4. އަޑިކޮންނަ

    އިސްލާމްދީނަށާ ރަސޫލާއަށް ފުރައްސާކޮށް ބޮޑަތި ފާހިސް އަމަލުތަކަށް ހިތްވަރުދީ ވައްކަމާ ދަރަންޏާ ކޮރަޕްޝަނާ ރިޝްވަތަށް ފާޅުގާ ހިތްވަރުދީ ދީނާ މިނިވަންކަން ވިއްކާުމަށްފަހު ދެން ހެދޭނެ ރަނގަޅެއް ނޯންނާނެ. ދެންވެސް ހެދޭނީ ގޯސް . ކަލަކު ވޮޑިގެންވާކަން ގަބޫލުނުކޮށް ކިބުރުވެރިކަމާއެކު ބާރުގަދަ ބަސްތައްބުނެ ބޮޑާވާ ކޮންމެ ބަޔކަށްވެސް ވާނީ ތިހެން.

  5. ރައްޔިތުން މިތިބީ ބަދަލަކަށް. ޗޯރުގެ ވެރިކަން ނިމެނީ!

  6. އިލެކްޓް

    ގޯސް ހެދޭ މީހާ ބަލިވާނެ. އިންތިޚާބަކީ ފޯމިއުލާއެއް ކަމުގައި ދެކޭމީހާ އަކީ ހަމަޖެހޭ މީހެއް ކަމުގައި ނުވާނެ.

  7. ގައުމި

    މިހާރު މީހުނަށް ވިސްނޭ. އޭރު ހެނެއް ނުވާނެ އަބަދަކު

  8. ޙަލީމް

    ކުރީގެ ޙާލަތާ މިހާރުގެ ޙާލަތާ އަޅާ ނުކިޔާ

  9. ސިވިލް ސާވެންޓް

    ތަންކޮޅެއް ހަމަ ޖެހޭ ވާހަކަ ދައްކަބަލަ. ބޮޑު މަޤާމް ހޯދަން ކަލޭމެން ދުވާނީ. ލާރި ބަހާ ކޮޅަކަށް އަރާނެ. ޤައުމާ ރައްޔިތުން ނާ ދޭތެރޭ ވިސްނާ މީހަކު ތިކަހަލަ ތާކުން ތާކު ނު ނުޖެހޭ ވާހަކަ ނުދައްކާނެ ���ނނ

  10. ސިވިލް ސާވެންޓް

    ތަންކޮޅެއް ހަމަ ޖެހޭ ވާހަކަ ދައްކަބަލަ. ބޮޑު މަޤާމް ހޯދަން ކަލޭމެން ދުވާނީ. ލާރި ބަހާ ކޮޅަކަށް އަރާނެ. ޤައުމާ ރައްޔިތުން ނާ ދޭތެރޭ ވިސްނާ މީހަކު ތިކަހަލަ ތާކުން ތާކު ނުހެހޭ ވާހަކަ ނުދައްކާނެ ނު ނުޖެހޭ ވާހަކަ ނުދައްކާނެ ���ނނ

  11. ކާސިންޖީ

    – ވަރަށް އިޙުތިރާމާއެކު ދަންނަވާލަން އޮތީ 2008 ވަނަ އަހަރު ރައްޔިތުންގެ މެދުގައި އޮތީ ވެރިކަން ބަދަލުކުރުމުގެ ވަރަށް ވަރުގަދަ ރޫޙަކާއި ޖޯޝެކޭ.

    – މި ރޫޙާއި ޖޯޝު، މިހާރު ނެތްކަމަށް ވެސް ވިދާޅުވަނީ އިބޫއޭ.

    – ތާރީޚަކީ ކުރިން ކަމެއް ހިނގީތީ، ވީތީ އިޔާދަވާ އެއްޗެއް ނޫނޭ. ޚާއްޞަކޮށް ރައްޔިތުން ނިންމާ ނިންމުންތަކަކީ އޭރެއްގައި އޮންނަ ސިޔާސީ މަޝްރަޙު ބައްޓަންކުރާ ކަމެކޭ.

    – 2018 ވަނަ އަހަރު ކަން ހިނގާ ދިޔަގޮތަކީ ވަކިގޮތެއްކަމުގައި ބުނެ އެގޮތް އަދިވެސް ޤަބޫލުކޮށްގެން ތިބެ ޔާމީން ފުރަތަމަ ބުރުން ބަލިވެ ދެވަނަ ބުރުން މޮޅުވި ވާހަކަ ދެއްކުމަކީ ދެކޮޅުޖެހޭ ވާހަކައެއް ނޫނޭ. އަދި ތާރީޚު އިޔާދަވާން ޖެހޭ ހަމައެއްވެސް ނޫނޭ.

    – ފެށުމަކަށް ތިޔަ ވާހަކަ ގޯހެއް ނޫނޭ.